ރިޔާސީ އިންތިޚާބުގައި އޭނާއަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދަކީ އެމްއެންޕީގެ މެންބަރުންގެ އަސްލު އަދަދެއް ނޫން ކަމަށާއި ވޯޓު މަދުވި ސަބަބު ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށް އެ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ނާޒިމަށް ލިބިވަޑައިގަތީ 1900 އެއްހައި ވޯޓެވެ. ނަމަވެސް އެމްއެންޕީގައި 9000 އަށްވުރެ ގިނަ މެންބަރުން ތިބޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުން ދައްކައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާޒިމް ރޭ ވިދާޅުވީ ޕާޓީގެ މެންބަރުންނަށް ފެނުނު ގޮތް ކަމަށް އޭނާ ގަބޫލު ކުރައްވަނީ އޭނާ އެއްވަނައަށް ނުވަތަ ދެވަނައަށް އައުމުގެ ފުރުސަތު ކުޑަކަމަށް ކަމަށާއި އެހެންވެ ގައުމުގެ މަސްލަހަތު އިސްކޮށްފައި އެ މެންބަރުންނަށް ފެންނަ ފަރާތަކަށް ވޯޓު ދިނީ ކަމަށެވެ.
”އަޅުގަނޑު މިއަދު ގަބޫލެއް ނުކުރަން އަސްލު އެއީ ކަމަށް މި ޕާޓީގެ ނަންބާސްއަކީ“
މި އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށެވެ.
ވޯޓުލުމުގެ ކުރިން ވެސް ގިނަ ބަޔަކު ލަފާކުރި ގޮތުގައި އެންމެ ގިނަ ވޯޓު ހޯއްދަވާނީ އެ ދެ ބޭފުޅުންނެވެ.
ނާޒިމްގެ ޕާޓީން މިހާރު ވަނީ ދެވަނަ ބުރުގައި މުޢިއްޒާއެކު ކުރިއަށް ދިއުމަށް ނިންމައިފައެވެ.
މިއަދު ފެނިގެން އެ ދިޔައީ ނާޒިމްގެ އަޞްލު ސައިޒު. ޕާޓީގެ ދަފްތަރުގަ އެވަނީ ވަގު ސޮއި.