ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ ވަނީ ދިވެހިންގެ އިއްޒަތް ވެއްޔާ މޮޑެލާފައިކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެެއެވެ.
ޒައިދު މިއަދު ވިދާޅުވީ ސިފައިންގެ ބައެއް ޖެނެރަލުންގެ ވާހަކަ ރައްޔިތުން ގަބޫލުނުކުރާ ހިސާބަށް މިދިޔައީ އަމިއްލައަށް ހެދުނު ގޯސްތަކުންކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. ޚާއްސަ ގޮތެއްގައި ޑިފެންސް މިނިސްޓަރު ހީހީފައި ދިވެހިރާއްޖެ ހިފިދާނެކަމަށް ބުނެ ސިފައިންނަށް ޖޯކުޖަހައި ދިވެހިންގެ އިއްޒަތް ވެއްޔާމޮޑެލާފައިވާ ކަމަށާއި މިއީ ދެރަކަމެއް ކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.
ޒައިދު މިހެން ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށާއި ރާއްޖޭގައި ތިބީ ޓެކްނިކަލް ފަރާތްތައް ކަމަށް ބުނެ ސިފައިންގެ އިސް ވެރިން އިއްޔެ މީޑިއާގައި ވާހަކަ ދައްކަވާފައި ވަނިކޮށެވެ.
ސިފައިންގެ ޖެނެރަލުން ވިދާޅުވި ގޮތުން އެފަދަ ޓެކްނިކަލް މީހުންގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކަލެއް ނެތެވެ. އަދި ރާއްޖޭގައި ދިވެހި ސިފައިންގެ ބާރު ނުހިނގާ އެއްވެސް އުޅަނދެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޒައިދު ވެސް ބައިވެރިވެގެން ތިހުރިހާ ކަމެއްކޮށްފަ މިހާރު ތިވާހަކަދެއްކުމުގެ ބޭނުމެއް ނެތް ޒައިދަށް ވެސް ސަރުކާރުންލިބުނު ވަރަށްވުރެ ގިނައިން އަނެއް ކޮޅުން ލިބުނީމަ ގޮސްގައުމުދެކެ .މާހެޔޮ އެދޭ މީހަކަށް ބެދިގެން އުޅޭނެ ކަމެއްނެތް ތީހުސް ސިޔާސި ޝޭޚުން ގިނައިންލިބޭކޮޅެއް ސަބަބުވެސް ބަލާނީ
MARIYAA VANEE MANIKUFAANU AAI KAIVENI BALAVAIGANAN DEKULHU HDAAFANOONTHOO