ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރާއިމެދު ގޮތެއް ނިންމުނަށް މިއަދު ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.
ޑިމޮކްރެޓްސް އިން ބުނީ ކައުންސިލް ބައްދަލުވުން ބާއްވާނީ ހަވީރު 3:00 ޖަހާ އިރު ކަމަށާއި ކައުންސިލް ބައްދަލުވުން ބާއްވާނީ ޕާޓީގެ ޖަގަހައިގައި ކަމަށެވެ.
ޑިމޮކްރެޓްސްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ އިރު އެ ޕާޓީގެ މެންބަރު ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ރަނގަޅު ގޮތެއް ނިންމަވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރަކަށްދާ އިރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަމަށް ގެންނެވުމަށް އެމަނިކުފާނާ ދެން މަޝްވަރާ ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.