ރާއްޖޭގެ ދީނީ އިލްމުވެރިންގެ އިސްތަށިފުޅުގައި ހަރުކަށި ފިކުރުގެ އިލްޒާމު އަޅުވަމުންދާތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޑރ.ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީރާއްޖޭގައި އިސްލާމީ ތަރުބިޔަތާއި ދައުވަތު ފަތުރާ ޖަމިއްޔާތަކާއި މަޝްހޫރު ދީނީ އިލްމުވެރިންގެ އިސްތަށިފުޅުގައި ހައްގަކާ ނުލައި ހަރުކަށި ފިކުރުގެ އިލްޒާމު އަޅުވައި އަބުރާއި ކަރާމަތު ނަގައިލަމުންދާކަމީ ހިތާމަހުރިކަމެއް ކަމަށެވެ.
އެހެންކަމުން އެފަދަ ކަންކަމުން ދުރުހެލިވުމަށް އިލްތިމާސްކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވެފައިވާއިރު ޖަމްއިއްޔަތުއްސަލަފަކީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށް ވެސް ބައެއް މީހުން އަންނަނީ ބުނަމުންނެވެ. އަދި ޑރ.ޢަލީ ޒާހިރަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ވެސް ވަނީ ސިފަކޮށްފައެވެ.
ކިތަންމެ ކަލޭ ރުޅިޔަސް ފުއްޕިޔަސް ތިޔަފިތުނަވެރި އިލްމުވެރިންނަކީ،އެއްވެސް ކަރާމާތެއް އިތުބާރެނ،އަގެން ހުރި
ބަޔެއްނޫން!ސީރިޔާއަށް މީހުން ފޮނުވާ ހަރުކަށިޖަމާއަތެއް!
ތިޔަބުނާ އިލްމު ވެރިންނަކީ،ފިތުނަވެރި ޢިލްމުވެރިން,މިރާއްޖެ ފިތުނައިގެ ހާއްޔަކަށް ބަދަލުކުރީ ތިބުނާ،ސިޔާސީ ޢިލްމުވެރިން، އެ. އެންމެންގެ،ސިޔާސީ ފިތުނަ ވެރިންގެ އިސްލީޑަރަކީ ތިޔަ ސަހީމު!