ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުން އެނގުނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއީދު ނެތް ކަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އެމްޑީޕީއަށް މަޖިލިހުގެ ސުޕަ މެޖޯރިޓީ ލިބި، ވެރިކަމުގައި ތިއްބެވި ބޭފުޅުން އިންތިހާބުގެ 2 ވަނަ ބުރަށް ވެއްޓިދާނެ ކަމަށް އެއްވެސް ބޭފުޅަކު ގަބޫލެއް ނުކުރައްވާނެ ކަމަށެވެ.
ވެރިކަމުގެ ހުރިހާ ބާރަކާއި ބައިއަތުލްމާލާއި ފައިސާ އާއި ވަޒީފާތަކާއި ލޯންތަކާއި ބިރު ދެއްކުމާ އެކީގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑައިގަތީ %39 ވޯޓު ކަމަށް ވެސް އިންތި ވިދާޅުވިއެވެ.
”އިދިކޮޅުގައި އޮތް ބަޔަކު ކުއްލިއަކަށް އިންތިހާބުގައި ވާދަކޮށް އެ ދަމައިގަތީ ބޮޑު އަދަދެއް. މިއީ ރައީސް ނަޝީދު ގިނިކަންޏާ އިންތިހާބަކާ ވާދަކުރައްވައިގެން %48 ވޯޓު އިދިކޮޅުގައި ހުންނަވައިގެން ނެންގެވި. ރައީސް ޔާމީން ވެސް އެހާމެ ބޮޑު އަދަދެއް ނެންގެވި. މިއަދު ސަރުކާރުގެ ހުރިހާ ބާރަކާ އެކުގައި ރައްޔިތުންގެ މަޖިލިސް، މުޅި ރާއްޖޭގެ މަޖިލިސް މެންބަރުން މަސައްކަތް ކުރައްވައިގެން %39. ވިސްނާވަޑައިގަންނަވާ،“ އިންތި ވިދާޅުވިއެވެ.
މި ނަތީޖާ އިން ރައީސް ޞާލިހަށް ރައްޔިތުންގެ އިތުބާރާއި ތާއީދާއި ލޯތްބެއް ނެތް ކަން އެނގިފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވި ރައީސް ޞާލިހަށް ލިބިވަޑައިގަތް ވޯޓެއް ވެއްޖެއްޔާ ލިބިވަޑައިގަތީ ފައިސާ އަޅައިގެންނެވެ.
ސާބަހޭ އިންތީ ތިހެންވާންޖެހޭނެ މީހެއްގެ ވިއެޔާ ގޮތެއް ހުންނަންވާނެ.
ތީ ވަރަށް ސާފު ހަގީގަތެއް މަންޒަރު ދުއް އެތައް ބަޔަކު އެބަތިބި. ހަމަގައިމުވެސް އެކަކު ވޯޓްލާނެ ނުގޮސްގެން ސިނގިރޭޓް ކާޓޫނެއް ވެސް ދިން.