ކުޅުދުއްފުށީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 29 އަހަރުގެ ސުލެމަން އެވެ.
އޭނާއަކީ ކުޅުދުއްފުށީ ބައިކަޅު ކެފޭގައި މަސައްކަތް ކުރާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. އެ ހޮޓަލުގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކި މައްސަލައިގައި އޭނާ ހައްޔަރުކޮށް އިއްޔެ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
މި ހާދިސާ ހިނގި ކަމާމެދު އޭނާ ވެސް އިންކާރެއް ނުކުރެއެވެ. ނަމަވެސް އެކަން ކުރީ ބިރުގަނެފައި ހުރި ވަރުން ނަފުސުގެ ދިފާއުގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.
އޭނާ ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކީ ކާކަށް ކަމެެއް ނުވަތަ ކޮން ބަޔަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.