ދިވެހިން މިއަދު އެންމެ ދެކެން ބޭނުންވާ މަންޒަރަކީ، މާލެ އާއި ވިލިމާލެއާއި ގުޅިފަޅާއި، ގިރާވަރު ފަޅު ގުޅުވާލަދޭ ބުރިޖު ނިމި އޭގެ ބޭނުން ކުރަން ފަށާނެ ދުވަސް ކަމީ ހަގީގަތެކެވެ. އަދުގެ ސަރުކާރުން މި ބުރިޖު އެޅުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ، އިންޑިއާގެ އެފްކޮން ކުންފުންޏާ އެވެ. ބުރިޖުގެ މަސައްކަތް ”ބަރަވެލި“ ދުވެލީގައި ކުރިއަށް ދާއިރު، އަދި ކުރިއަށް އޮތް ދެ އަހަރު ތެރޭވެސް ބުރިޖުގެ މަސައްކަތް ނިމި ބުރިޖުގެ ބޭނުން ކުރަން ފެށޭނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.
ހަ ކިލޯމީޓަރުގެ މި ބްރިޖް މަޝްރޫއުގެ ފުރަތަމަ ބުރިޖު ނުވަތަ މާލެ ވިލިމާލެ ގުޅުވާލާ 1 ކިލޯ މީޓަރަށްވުރެ ދިގު ބުރިޖު މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނުވަތަ އޮގަސްޓް މަހުގެ ފުރަތަމަ ކޮޅު އާންމުންނަށް ހުޅުވާލާނެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނިން ވަނީ މީގެ ކުރިން ބުނެފަ އެވެ. އެހެން ނަމަވެސް އެ މުއްދަތު ފަހަނައަޅާ ގޮސްފި އެވެ. ބުރިޖުގެ ތަނބެއް ކަނޑުން މައްޗަށް އަދި އަރާފައި ނުވެ އެވެ.
މާލެ އަތޮޅުގެ ހަތަރު ރަށެއް ގުޅާލެވޭ ގޮތަށް އޮތް މި މަޝްރޫއުގެ ޕްލޭންގައިވާގޮތުން ފުރަތަމަ ގުޅާލަނީ މާލެ އާއި ވިލިމާލެ އަދި ގުޅީފަޅެވެ. އެގޮތުން އަންނަ އަހަރު ނިމެންވާއިރަށް އެ މަސައްކަތް ނިމި 2024 ވަނަ އަހަރު ތިލަފުއްޓަށް ގުޅާލާ ނިމޭނެކަމަށް ޕްލޭނިން މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ.
މި މަޝްރޫއަކީ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ. އަދި މީގެތެރެއިން 100 މިލިއަން ޑޮލަރަކީ އިންޑިއާގެ އެހީއެވެ.
ތިލަމާލެ ބްރިޖްގެ އެންމެ ބޮޑު ބޭނުމަކީ އިގްތިސާދީގޮތުން ގްރޭޓަރ މާލެ ސަރަހައްދު ގުޅާލައި، އިގްތިސާދީ ބޮޑު ހަބަކަށް މި ސަަރަހައްދު ހެދުމެވެ. ރައީސް ސޯލިހު ވަނީ ތިލަމާލެ ބްރިޖް ނިމޭނީ ގިރާވަރު ފަޅާއި ހަމައިންކަން މީގެ ކުރިން ހާމަކުރައްވާފަ އެވެ. މި މަސައްކަތް މުޅިން ނިމޭއިރު ގިރާވަރު ފަޅުވެސް، މި ކަނެކްޓިވިޓީން ގުޅާލެވޭނެ އެވެ.
ކޮންމެއަކަސް އަދި ފެންނަ މަންޒަރުން ބުރިޖު މިއިން ދުވަހަކު ނިމޭނެ ކަމަކަށް ނުބެލެވެ އެވެ. އެހެން ނަމަވެސް މިހާރު ސިޔާސީ މަސްރަހުން ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، ފަހަރުގައި މާދަމާވެސް ހަމަ ކުއްލިއަކަށް ބުރިޖު ނިންމާ އެ ހުޅުވަން ނިންމާފައި ވާކަމަށް ސަރުކާރުން ބުނެފާނެ އެވެ.
މިހެން ދަންނަވަން މިޖެހުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ގެއްލޭ ގޮތަށް ފޮނުވި ސިޓީއެއް ސަރުކާރުގެ ތެރެއިން ކުއްލިއަކަށް ލީކު ވުމުންނެވެ. ގައުމުގެ ސަލާމަތައް ނުރައްކާވާނެ ކަމަށް ބުނެ ކުރިން އެ ސިޓީ އާއްމު ކުރުމަށް ސަރުކާރުން ދެކޮޅު ހަދަމުންގޮސް، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ސަރުކާރު ބަލިވުމާއި އެކު އެ ސިޓީ ވަނީ އާއްމު ވެފަ އެވެ.
އަދި ދަންނަވަން ތޯ އެވެ. މި ސިޓީ ލީކު ވެފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސިޓީގައި ހުރި ”އާއްމު ކުރެވެން ހުރި ކަންކަން“ އާއްމު ކުރާނެ ކަމަށް ވިދާޅުވިތާ 12 ގަޑި އިރު ފަހުންނެވެ.
އެހެން ކަމުން ހަމަ ކުއްލިއަކަށް މާދަން ބުރިޖު ހުޅުވާފައި ވާކަމަށްވެސް ސަރުކާރުން ބުނެފާނެ އެވެ. އެހެން ނަމަވެސް މިއަދު ދިވެހިންނަކީ އެއަށްވުރެ ތަސައްރަފު ފުދިފައި ތިބި، ކަންކަމަށް ލޯ ހުޅުވިފައި ތިބި ރައްޔިތަކު ތިބި ގައުމެކެވެ. އިންތިހާބާއި ދިމާކޮށް ކަޑަ ޖަހައިގެން ވެރިކަން ހޯދި ޒަމާން ވަނީ މާޒީ ވެފަ އެވެ. އެހެން ނޫން ނަމަ އަދުގެ ސަރުކާރުން މި ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރީހެވެ.
ސާޅީސް އަހަރު ފަހުން މާލެ އިން ގޯތި ވެސް ދީފި އެވެ. އެހެން ނަމަވެސް އަދިވެސް އޭގެ ތެރެއިން ގިނަ ގޯތި ތަކެއް ހުރީ ކަނޑު އަޑީގައެވެ. ފަޅު ތެރޭގަ އެވެ. ވެރިކަމުގެ ބާރުގައި ތިބެ ކަންކަން ރައްޔިތުންނަށް ފުއްދައި ދެވުން ނަމަ މިއަދު ރައްޔިތުން ސަރުކާރަށް ދެވަނަ ދައުރެއްވެސް ދިނީ އެވެ. އެހެން ނަމަވެސް އެކަން ކޮށް ނުދެވުނު ބަޔަކަށް މިއަދު ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފަ އެވެ.
ދިވެހިން މިއަދު ތިބީ ތަރައްގީއަށް ފެން ބޮވައިގަނެފަ އެވެ. ދިވެހިން މިއަދު ދެކެން ބޭނުންވަނީ، ފުދުންތެރި ރައްޔިތަކު ދިރިއުޅެމުންދާ ރާއްޖެއަކަށް މި ރާއްޖެ ބަދަލުވެގެން ދިއުމެވެ. ގޮތް ނިންމަވާނީ ރައްޔިތުންނެވެ.
Adhi kobaa august ah vilimale bridge ninmaashey kiyaafa athuli 100million dollar???
Hiket dhin kamah buni 100million dollar e athulee avahah ninman kiyaafa.
Ibu out India out
Thanthan hulhuveynee ves than than hadhaafa huri meehakah Ibu noongothah hamaneh Insha Allah dhenves hama Ibu