މާލޭ ފިހާރައަކުން ކޯސްޓް ކިރު ޕެކެޓެއް ވަގަށް ނެގި މީހަކު ހިފަހައްޓައިފިއެވެ.
އައްޑޫ ސިޓީއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ މި ފިރިހެން މީހާ ހިފެހެއްޓީ “ގަންނަމާޓް“ ކިޔާ ފިހާރައަކުން ކޯސްޓް ކިރު ޕެކެޓެއް ނަގައި ލައިގެން ހުރި ޖިންސާއި ހަށިގަނޑާ ދެމެދަށް ލަނިކޮށް އެތަނުގެ މުވައްޒަފުންނެވެ.
މި މައްސަލާގައި އޭނާ ހައްޔަރުކޮށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ކޯޓުގައި ވާހަކަ ދައްކަމުން އޭނާ ވަނީ ވަންކަން ކުރި ކަމަށް އިންކާރުކޮށްފައެވެ. އޭނާ ބުނީ އެތަނުގެ މުވައްޒަފުން އޭނާ ހިފެހެއްޓީ ވިޔަފާރިކުރަނިކޮށް ކަމަށެވެ.
އޭނާއަކީ ވައްކަން ކުރުމުގެ ކުށުގެ ރެކޯޑް ގިނަ މީހެއް ކަމަށް ކޯޓުން ނެރުނު އަމުރުގައި ފާހަގަކޮށްފައިވެއެވެ.