ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މުނޫ މަހާވަރުގެ ގެކޮޅަށް މިރޭ ވަޑައިގެންފިއެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުގައި ނަޝީދު އިންޑިއާ ސަފީރުގެ ގެ ކޮޅަށް ވަދެ ވަޑައިގަތުމަށްފަހު ކާރާއި ހަމައަށް ވަޑައިގަތް ވަގުތު ބައެއް ނޫސްވެރިން ވަނީ އެ މަނިކުފާނާއި ސުވާލު ކުރައްވާފައެވެ.
އެގޮތުން އެ މަނިކުފާނު އިންޑިއާ ސަފީރާއި ބައްދަލު ކުރެއްވީ ކޮން ބޭނުމެއްގައިތޯ ސުވާލު ކުރެެއްވުމުން ނަޝީދު ވިދާޅުވީ އެ މަނިކުފާނު ވަރަށް ގިނަ އިން ބޭރުގެ ސަފީރުންނާއި ބައްދަލު ކުރައްވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމުގެ މަޝްވަރާ ކުރެއްވީތޯ ސުވާލުކުރެއްވުމުން ނަޝީދު ވިދާޅުވީ އެފަދަ އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާކަމަށެވެ.
މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއެކު ކޯލިޝަން ހަދާނެތޯ ސުވާލު ކުރެއްވުމުން ނަޝީދު ވިދާޅުވީ އެ މަނިކުފާނު އިސްވެ ހުންނަވާ އުފެއްދި ޕާޓީ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް އެ މައުލޫމާތު ސާފު ކޮށްދެއްވާފައިވާ ކަމަށާއި ދެ ޕާޓީ އާއި ވެސް ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
ރައީސް ނަޝީދު އިންޑިއާ ސަފީރާއި ބައްދަލު ކުރައްވާފައި މިވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ސަރުކާރަށް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފައިވާއިރު ޤައުމުގެ އަމަން އަމާން ކަމާއި އިންޑިއާގެ އަސްކަރިއްޔާއާއި ގުޅުވާ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުން އަންނަ ދަނޑިވަޅެއްގައެވެ.
ތިޔަނަސީދުވެސް ތިޔައިންޑިޔާގެދަންމަޅީގާޖެހިއްޖެ މިގައުމުސަލާމަތްކުރެވޭނީ ރައްޔަތުންނުކުމެގެން އާދޭސްކުރަން