ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ރީ-ރެޖިސްޓްރޭޝަން ގައި ބޭނުންކުރާނީ ފުރަތަމަ ބުރުގައި ވެސް ބޭނުންކުރި ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް މިރޭ ވިދާޅުވީ ފޯމު ފުރައިގެން އަދި އޮންލައިންކޮށް ވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނެ ކަމަށެވެ.
ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ގައެވެ.
ސެޕްޓެމްބަރު 30 އަށް 18 އަހަރު ފުރޭ ޒުވާނުންނަށް ވެސް ދެވަނަބުރުގައި ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެ ކަން ވެސް ޙަބީބް ފާހަގަކުރެއްވިއެވެ. އަދި އެފަރާތްތަކުގެ މައުލޫމާތު ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ހޯދުމަށް ފަހު ވަރަށް އަވަހަށް އީސީ އިން އާންމު ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.