މާލޭ މީހުންނަށް ސަރުކާރުން ދޫކުރި ގޯތިތައް އަނބުރާ އަތުލަން ނުކުންނަ ހިސާބުން މައްސަލަ ގޯސްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ މާލޭ ސިޓީން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ މައްޗަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ކުރި ހޯއްދަވާފައިވާ އިރު ރީކޯ މޫސަ މިއަދު ވިދާޅުވީ މާލޭ މީހުނަށް ލިބުނުގޯއްޗަކީ މާލޭމީހުނަށް ޙައްޤުވާ އެއްޗެއްކަމަށެވެ.
އެހެންކަމުން އެގޯތިތައް އަތުލުމަށް އެއްވެސް ބަޔަކު ނިކުމެއްޖެނަމަ މައްސަލަ ގޯސްވާނެ ކަމަށް ރީކޯ މޫސަ މިއަދު ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އެއްވެސް ސަރުކާރަކަށް މީގެ ކުރިން މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޙައްލު ހޯދައިދެވިފައި ނުވާ ކަމަށެވެ.
”އެއްވެސް ސަރުކާރަކަށް ނުކެރުނު ކަމެއް މިސަރުކާރުން ކުރީމަ ބަޔަކު ކިތައްމެ ވަރަކަށް އެކަމުގެ ރުޅި ބޭލިއަސް މަލަމާތް ކުރިއަސް ވަރިހަމަ.“ މޫސަ ވިދާޅުވިއެވެ.
މޫސަ އެ ފަދައިން ވިދާޅުވި އިރު ރިޔާސީ ކެމްޕޭން ބައްދަލުވުން ތަކުގައި ތަކުރާރުކޮށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުޢިއްޒު ވިދާޅުވެފައި ވަނީ ސަރުކާރުން ދިން ގޯތިތައް ދިންތަނަކުން ދީ އެ ގޯތިތަކުގައި އިމާރާތްވެ ސް ކޮށްދޭނެ ކަމަށެވެ.
ސަރުކާރުން މާލޭ ސަރަޙައްދުން ގިނަ ޢަދަދެއްގެ ގޯތިތަކެއް ދޫކޮށްފައިވީ ނަމަވެސް އިންތިޚާބުގައި މާލޭ ސިޓީން ރައީސް ޞާލިހަށް ލިބިވަޑައިގަތީ 13700 ވޯޓެވެ. އަދި އިދިކޮޅު ކެންޑިޑޭޓު ޑރ. މުއިއްޒު ވަނީ 17100 ވޯޓު ހޯއްދަވާފައެވެ.
މޮޔަވިޔަސް ތިޔަވަރެއް ނުދެކެން. ދެކޮޅުން ކާން އުޅުނަސް ކެވޭނީ އެއްކޮޅުން. ހަމަހޭގައި ހުރެވޭތޯ ބަލާ!
ރީކޯ މޫސަ ބައިވެރިކޮށްގެން ރިޔާސީ މަސައްކަތްކުރި ކޮންމެ ބަޔަކު ފެއިލްވާނެކަން ކަށަވަރު. މާޒީގައި ކުރެވުނު ތަޖުރިބާއިން ލިބޭ ފިލާވަޅަކީ މިއީ. ގަދަ ބަސްބުނެ ބިރުދައްކައި އަވަގުރާނަ ގޮވުން ނޫންކަމެއް އޭނާއަކަށް ނޭނގޭނެ. ކިތަންމެ އިންޒާރެއް ދިނަސް ރައްޔިތުން ތިބީ ފަސްޖެހޭކަށްނޫން.