ދިވެހި ސިފައިންގެ ބާރު ނުހިނގާ އަސްކަރީ އެއްވެސް މަރުކަޒެއް ނޯންނާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޝަމާލް މިރޭ ވިދާޅުވެއްޖެ އެވެ.
ޝަމާލް މިހެން ވިދާޅުވީ ދައުލަތުގެ މީޑިޔާ ޕީއެސްއެމަށް މިރޭ ދެއްވި އިންޓަވިއުއެއްގައެވެ.
އެގޮތުން ޝަމާލް ވިދާޅުވީ އޭރު އޮންނަ ސަރުކާރެއްގެ ހާރިޖީ އަދި ދިފާއީ ސިޔާސަތުގެ ދަށުން ރަހުމަތްތެރި އެކި ގައުމުތަކުގެ އަސްކަރިއްޔާ އާއެކު ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކޮށް، ހަރުދަނާ ކުރުމުގެ މަޤްސަދުގައި ގިނަ ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ.
އިންޑިޔާގެ އެހީގައި އުތުރުތިލަފަޅުގައި އަޅާ ކޯސްޓުގާޑުގެ ބަނދަރާ ގުޅޭގޮތުން ކުރާ ތުހުމަތުތައް ދޮގުކުރައްވާ ޝަމާލް ވިދާޅުވީ ދިވެހި ސިފައިންނަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނެގެހެއްޓުމުގައި ސާބިތުކަންމަތީ މަސައްކަތް ކުރާ ބައެއް ކަމަށެވެ.
ހަމަ އެހެންމެ 2011 ވަނަ އަހަރުން ފެށިގެން ދިވެހި ސަރުކާރުން އެދިގެން އެކި ފަހަރު މަތިން އިންޑިޔާ ސަރުކާރުން ވަނީ ރާއްޖެއަށް ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓާއި ކޯސްޓުގާޑުގެ އުޅަނދުތައް ހަދިޔާކޮށްފައިވާ ކަމަށް ޝަމާލް ވަނީ ފާހަަގަކުރައްވާފައެވެ.
މިގޮތުން އެ އުޅަނދުތައް ބޭނުންކުރަމުންދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި ބަލިމީހުން އުފަލަން ކަމަށް ޝަމާލް ވަނީ ވިދާޅުވެފައެވެ.
ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން އިންޑިޔާގެ އަސްކަރީ ޕައިލެޓުން ތިބޭ ތިބުމަށް އިޝާރާތް ކުރައްވައި ޝަމާލް ވިދާޅުވީ މި ހަރަކާތްތަކަކީ ދިވެހި ސިފައިން އަންގައިގެން، ކޮންޓްރޯލް އޮވެގެން ހިންގޭ ހަރަކާތްތަކެއް ކަމަށެވެ.
ދިވެހި ސިފައިންގެ ބާރު ނުހިނގާ ގޮތަށް އިންޑިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކާއި މަރުކަޒުތައް ހުރި ކަމަށް އިދިކޮޅު ފަރާތްތަކުން އިސްވެ ކުރާ ތުހުމަތުތަކަށް ރައްދުދެއްވާ ޝަމާލް ވިދާޅުވީ ދިވެހި ސިފައިންގެ ބާރު ނުހިނގާ އެއްވެސް އަސްކަރީ މަރުކަޒެއް ރާއްޖޭގައި ނޯންނާނެ ކަމަށެވެ.
Maru kazah baaru higaa ekamaku mithaa thibi India sifain ge macha baaru nu higaa helicopter dhuvvaa mee hun ge macha amure baare nu higaa
އެކަމަކު ހެލްކޮޕްޓަރ ދުއްވާ މޯހުންގެ މައްޗަކަޑް ބާރެއް ނުފޯރާ ދޮއްތަ. ރައީސް ސޯލިހް ފުވައްމުލައް /އައްޑުއަށް ކުރި ދަތުރެއްގަ ބޭނުން ޖެހިގެން ބުނީމަ ބުނި ކަމަށްވަނީ ވަނީ ހައިކޮމިޝަންގެ ހުއްދަ ހޯދަން .ލަދު ހަޔާތް ކޮބާ