އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާ ބޯޓުގައި ތިނަދޫއިން ހާލު ދެރަ ކުޑަކުއްޖެއް މާލެ ގެނައުމަށް ވަމުންދިޔަ ތައްޔާރީތައް އޮޅުވާލުމަށް ނޫސްވެރިންތަކެއް މަސައްކަތްކުރި ކަމަށްބުނެ ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު އެކަން ކުށްވެރިކޮށްފިއެވެ.
މިއުވާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާ ބޯޓުގައި ތިނަދޫއިން ހާލު ދެރަ ކުޑަކުއްޖެއް މާލެ ގެނައުމަށް ވަމުންދިޔަ ތައްޔާރީތައް އޮޅުވާލައި ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނަފްރަތު އުފެދޭގޮތަށް ޚަބަރު ފެތުރުމަކީ ނޫސްވެރިކަމުގެ ހަމަތަކާއި މުޅިން ޚިލާފު، ދަށު ދަރަޖައިގެ ޢަމަލެއް ކަމަށެވެ.
މިއުވާން އެ ފަދައިން ވިދާޅުވެފައި މި ވަނީ ހދ.ހަނިމާދޫގައި ތިބި އިންޑިޔާ ސިފައިން އިންޑިޔާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ޑޯނިއާ ފްލައިޓުގައި މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އަޑު ފެތުރުމާއި ގުޅިގެންނެވެ.
އިންޑިޔާ ސިފައިން ގޮވައިގެން ހަނިމާދޫއިން މާލެއަށް ޑޯނިއާ ދަތުރުކޮށް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް މިއަދު މެންދުރު ފަހު އެފްލައިޓު ޖެއްސި ކަމަށް ބުނެ ވީޑިއޯތަކެއް ވެސް މީސް މީޑިއާގައި ވަނީ ދައުރުވެފައިއެވެ.
Raiyyathunnah olhuvaalumaa dogaamakaru hedumakee matheedhrajaige amaleh thoa raiyyathun gaigaa polihun fonuvaigen thalhaa roanaagennevumakee varah matheedharajaige amaleh thoa gaumu dharuvaalaa alhuvethi kurumakee matheedharajaige amaleh thoa beyinsaafun meehun jalah laa raheenukoggen gengulhumakee varah matheedharajaige amaleh thoa Miuvaanoooo??