ހޯމަ, އޮކްޓޯބަރ 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ކުއްލިއަކަށް ސިޓީ ލީކުވުން، ސަރުކާރުން މަރު ފަލި ޖަހަނީ.!!

މުހައްމަދު ރީޚާން ލިޔުނީ: މުހައްމަދު ރީޚާން
ސެޕްޓެމްބަރ 11, 2023
ރިޕޯޓް, ޚަބަރު
0
ކުއްލިއަކަށް ސިޓީ ލީކުވުން، ސަރުކާރުން މަރު ފަލި ޖަހަނީ.!!

ރާއްޖެ އާއި ޗާގޯސް އާއި ދެމެދު އޮންނަ ކަނޑުގެ ސަރަހައްދުގެ މައްސަލައާއި ގުޅިގެން، މި ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޖުގްނައުތަށް ފޮނުއްވި ސިޓީ ލީކު ވުމާއި އެކު ސަރުކާރުން މަރު ފަލި ޖަހަން ފަށައިފި އެވެ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ބޮޑު ކާމިޔާބީއެއް ހޯއްދަވާފައި ވާއިރު، އެކަމާއި ގުޅިގެން ސަރުކާރުން އަދި އެމްޑީޕީއިން ގެންދަނީ ތަފާތު ވާހަކަތައް ދައްކަވަމުންނެވެ. އެގޮތުން އެންމެ އެކަށީގެންވާ ގޮތަށް ކެމްޕެއިން ޓީމުތަކުން މަސައްކަތް ކޮށްފައި ނުވާކަމަށާއި، ފުރަތަމަ ބުރުން ނާކާމިޔާބީއާއި ދިމާވީ އިދިކޮޅު ފަރާތްތަކުން ހެދި ދޮގުތަކަށް ރަށްދު ނުދެވުމުން ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

މީޣެ އިތުރުން ރައީސް ސޯލިހު ވަނީ، ސަރުކާރުން މޮރިޝަސްގެ ސަރުކާރަށް ރާއްޖެއާއި ޗާގޯސްގެ އިމުގެ މައްސަލަ އާއި ގުޅިގެން ފޮނުވި ސިޓީގެ މައުލޫމާތު އާއްމު ނުކުރެވުމުން އެކަމުގެ ސަބަބުންވެސް ވޯޓު މަދުވެފައި ވާކަމަށް ވިދާޅުވެފަ އެވެ. އަދި އެ ކަމުގައި ހާމަ ކުރެވެން ހުރި މިންވަރަށް ކަންކަން ހާމަ ކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

”އެއީ އެންމެ ބޮޑު ޗެލެންޖު ފުރަތަމަ ބުރުގައި، އިރާދަކުރެއްވިއްޔާ މި ބުރުގައި ހާމަކުރެވެން ހުރި ހުރިހާ އެއްޗެއް އަޅުގަނޑުމެން ރައްޔިތުންނަށް ހާމަކޮށްދޭނަން، އެއީ ދޮގު ކަމަށް، އޭގަ ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ ސަރަހައްދުގެ ބައެއް ގެއްލޭ ގޮތަށް އެއްވެސް ކަމެއް ކޮށްފަ ނޯންނާނެ ކަން،“

އެމަނިކުފާނު އެފަދައިން ވިދާޅުވެފައި ވަނިކޮށް ޓުވިޓާގައި ”އެ ސިޓީ“ ކަމަށް ބުނާ ސިޓީ އެއް ވަނީ ލީކު ކޮށްލާފަ އެވެ. އަދި އެ ލީކު ވުމާއި އެކު ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ، ލީކު ވެފައި ވަނީ ހަމަ ހަގީގަތުގައިވެސް އެ ސިޓީ ކަން ކަށަވަރުކޮށްދެއްވާފަ އެވެ. އަދި ސިޓީ ލީކުވި މައްސަލަ ބަލަން ފަށާފައި ވާކަމަށްވެސް މިއުވާން ވިދާޅުވި އެވެ.

އާއްމު ކުރެވެން ހުރި ހުރިހާ އެއްޗެއް އާއްމު ކުރާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިތާ ގާތްގަނޑަކަށް 12 ވަރަކަށް ގަޑިއިރު ފަހުން ސިޓީ ލީކުވުމުން، މިއީ ސަރުކާރުން އިސްވެ އޮވެ ކުރި ކަމެއް ކަމަށް ވަނީ ބެލެވެން ފަށާފަ އެވެ. އެއީ މި ފެންވަރުގެ ސިއްރު ސިޓީއެއް ލީކު ކޮށްލުމަކީ، މަތި ފަޑީގައި ތިބި ފަރާތްތަކަށް ފިޔަވާ އިތުރު ބަޔަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވާތީ އެވެ. އަދި އެ ސިޓީ މިވީހާ ދުވަހު ލީކުނުވެ، ”ބޮޑު ފޮށީގައި“ ތަޅުލެވިފައި އޮތްވާ ކުއްލިއަކަށް ފޮށީގެ ފޫ ގޮސް ސިޓީ ލީކުވުމުންނެވެ.

މި ސިޓީ އާއި އެކު ދެން އުފެދިގެން އައި ސުވާލަކީ، މިއީ ސަރުކާރުން ހަދާނެ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހުމުން ކުރަން ނިންމި ކަމެއްތޯ އެވެ. އެއީ މީގެ ކުރިން މިސީޓީގެ މައުލޫމާތު ހާމަ ކޮށްދިނުމަށް އެކި ފަރާތްތަކުން އެދެމުން ދިޔަ އިރުވެސް އެކަން ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމުންނެވެ. އަދި އެކަން ކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވާވަރަށް ކަންކަން ހިނގައި ދާނެ ކަމަށް ސަރުކާރުން އޭރު ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ”އެ ސިޓީ“ ލީކު ވުމާއި އެކު ސަރުކާރަށް ސަނާ ކިޔަމުން އަންނަ މީޑިއާ ތަކުގެ ފަލަ ސުރުހީތަކަށް ބަލާލުމުންވެސް މިއީ ސަރުކާރުން ޖަހާ މަރުފައްޔެއް ކަމަށް ބެލެވެ އެވެ. އެހެނީ ސުރުހީތަކުން ބަދަލުވެފައި ވަނީ ތަންތަން ކޮޅެވެ. އެތެރޭގައި ލިޔެފައި ވަނީ ހަމަ އެކައްޗެކެވެ. އަކުރުން އަކުރަށެވެ. ފިލިން ފިއްޔަށެވެ.

ކޮންމެއަކަސް މިއަދު ރާއްޖޭގެ މަސްރަހުން ފެންނަމުން މިދަނީ، ތަފާތު މަންޒަރެކެވެ. ވެރިކަމުގެ އާރާއި ބާރުގައި ހުރެ، ފުރަތަމަ ބުރު ކާމިޔާބު ނުވެ، އެންމެ 29 ދުވަހުގެ ކެމްޕެއިނަކަށް ފަހު ބޮޑު ކާމިޔާބީއެއް ބަޔަކު ހޯދި ތަނެވެ.

އެހެން ކަމުން މިއަދު ސަރުކާރުން ކުރަމުން އަންނަ ކަންކަމަކީ މަރުފަލި ޖެހުން ކަމަށް ގިނަ ބަޔަކު އިއްތިފާގުވެ އެވެ.

”އެ ސިޓީ ލީކުވެ. ސަރުކާރުން މަރުފަލި ޖަހަން ފެށީ އެވެ.“

ގުޅުންހުރި ލިޔުންތައް

ކައުންސިލް އިންތިޚާބު ބާއްވާތާ 01 މަސް ފަހުން އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ބާއްވަން ފާސްކޮށްފި

ނިޒާމީ ވޯޓާމެދު ގޮތް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަނީ

އޮކްޓޯބަރ 2, 2023
”ޕްރައިމަރީ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށްވާނެ“

ނަޝީދު އެމްޑީޕީއަށް ގެންނަން އެންމެން ތާއީދު ކުރިޔަސް އަޅުގަނޑު ނުކުރާނަން: އިބުރޭ

އޮކްޓޯބަރ 2, 2023
13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި

13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި

އޮކްޓޯބަރ 2, 2023
ޑރ.މުއިއްޒުގެ ފުރަތަމަ ވައުދު ފުއްދައިފި ކަމަށް ޣައްސާން ވިދާޅުވެއްޖެ

ޑރ.މުއިއްޒުގެ ފުރަތަމަ ވައުދު ފުއްދައިފި ކަމަށް ޣައްސާން ވިދާޅުވެއްޖެ

އޮކްޓޯބަރ 1, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ބާރަވަނަ ބައި)

    0 shares
    Share 0 Tweet 0
  • އައިޝްވާރިޔާ ދަރިފުޅުގެ ރަހުމަތްތެރިން ބައްދަލުކުރަން އެޕޮއިންޓްމެންޓް ހަދަންޖެހޭ

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (އެގާރަވަނަ ބައި)

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In