ކޮންމެ 5 އަހަރަކުން ސިޔާސަތުތައް ބަދަލުވުމުން ރައްޔިތުންނަށް ލިބޭ ކުރިއެރުން ދާނީ ފަހަތަށް ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެެވެ.
ޔުމްނާ މިހެން ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް އިޝާރަތްކޮށް އެކްްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ޔުމްނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކޮންމެ 5 އަހަރަކުން ސިޔާސަތުތައް ބަދަލުވެ، ފަށާފައިހުރި މަޝްރޫޢުތަކާއި މަސައްކަތްތައް ހުއްޓުމުން ރައްޔިތުންނަށް ލިބުނު ކުރިއެރުން އަނެއްކާވެސް ދާނީ ފަހަތަށް ކަމަށެެވެ.
އެހެންކަމުން ކޮންމެ 5 އަހަރަކުން ވެރިކަން ބަދަލުވުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއް ނޫންކަމަށް ޔުމްނާ ވިދާޅުވެފައި ވެއެވެ.
މިނިސްޓަރ ޔުމްނާ އަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަށް ދެވަނަ ދައުރެއް ދިނުމަށް ތާއީދުކުރައްވާ ބޭފުޅެކެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ވޯޓުލީ މީހުންގެ 39.05 އިންސައްތައާއެކު ދެވަނަ ލިބިވަޑައިގަތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށެވެ. އަދި އެ މަނިކުފާނާއި އެންމެ ގާތުން ވާދަކުރެއްވި ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ ވޯޓުލީ މީހުންގެ 46.06 އިންސައްތައާއެކު އިންތިޚާބުގެ ފުރަތަމަ ބުރުން ކުރި ހޯއްދަވާފައެވެ.
Vazeefaa maqaam nulibeyne thee ulhey meehun fahathah dhanee. Kon rayyithunnekeytha mikiyanee.