މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްގެ ތަރުޖަމާން މަގާމުން އަހްމަދު ޝަމްއޫން އިސްތިއުފާ ދީފިއެވެ.
އެމްޓީޑީއަށް ޝަމްއޫން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ ޕާޓީގެ މެންބަރަކަށްވެ ސްޕޯކްސްޕާސަންގެ މަގާމާއި ހަވާލުވީ އެކި ފަހަރުގެ މަތިން އެ ޕާޓީގެ ރައީސް އަހްމަދު އަދީބުގެ އެދިލެއްވުމަށް ކަމަށެވެ.
އަދީބުގެ އެދުމަށް އިޖާބަދީފައި ވަނީ މާޒީގައި އެކުގައި ކުރެވިފައި ހުރި ވަރަށް ބޮޑެތި އަގު ހުރި މަސައްކަތްތަކުން އަދީބަށް ވަރަށް ބޮޑަށް އެހީތެރިކަން ބޭނުންވެފައިވާ ދަނޑިވަޅެއްގައި ވަރަށް އިހްލާސްތެރި މަގްސަދެއްގައި ކަމަށްް ވެސް ޝަމްއޫން ވަނީ ބުނެފައެވެ.
ވޭދުވެދިޔަ ދުވަސްތަކުގައި އޭނާއަށް އިހްސާސް ކުރެވުނީ އެމްޓީޑީގެ ކަންކަން އެތުރި ހިނގަމުން ދިޔަ މަގަކީ މިޒާޖާ ވެސް ނުބައްދަލު ގަބޫލްކުރާ އުސޫލުތަކާއި ހަމަތަކާއި ވެސް ވަރަށް ހިލާފް ކަންކަ ކަމަށް ޝަމްއޫންގެ ސިޓީގައިވެއެވެ.
ޝަމްއޫންގެ ސިޓީގައި އިތުރަށް ބުނެފައި ވަނީ އިސްލާމީ އުސޫލުތަކާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އަމްނަށް ބުރޫއަރާފަދަ ނުރައްކާތެރި ފައްތަރެއްފައި ގައުމުގެ ހާލަތު އޮތް ހިނދެއްގައި ގައުމުގެ ދުލުން ގޮވާ ގޮވުމަށް އިޖާބަދިނުމަކީ ދިވެހި ލޭ ހިނގާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ކޮންމެހެން ވެސް ކުރަން ލާޒިމު ކަމެއް ކަމަށެވެ.
އެހެންކަމުން މިއަދުން ފެށިގެން އެމްޓީޑީގެ ތަރުޖަމާނުގެ މާގާމުން އިސްތިއުފާދީފައިވާ ކަމަށާއި އެ ޕާޓީގެ ރަޖިސްޓްރީން ޝަމްއޫން ނަން އުނިކޮށްދިނުމަށް ސިޓީގައި އެދިފައިވެއެވެ.
މި އަދި ކާކު؟ ހިތުން މަޤާމެއް ހޯދަން ދޯ ތިއުޅެނީ