މި ސަރުކާރުން ގެންގުޅެނީ ދިވެހިން ނޭދޭ އަޅުވެތިކަމުގެ ސިޔާސަތެއް ކަމަށާއި އެފަދަ ސިޔާސަތުތަކެއް ތަންފީޒުކުރަމުންދާ ސަރުކާރެއްގެ ސިޔާސީ މަގާމުގެ މަޅީން ނެއްޓި ގައުމަށް އަންނަން އޮތް ބަދަލުގައި ބައިވެރި ވުމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޚަލީލު ގޮވާލައްވައިފިއެވެ.
ޚަލީލު ކުރެއްވި ޓުވީޓުގައި ވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކާއި އަދި ކުންފުނިތަކުގެ އެކިއެކި މަގާމުތަކުގައި ތިބި މުވައްޒަފުން ވެސް ވަޒީފާގެ ބިރައް ނުތިއްބާވާ ޤައުމު އެދޭ ބަދަލުގައި ބައިވެރިވުމަށް ނުކުތުމަށް ގޮވާލައްވާފައެވެ.
ޚަލީލުގެ ޓުވީޓުގައި ވިދާޅުވީ ރާއްޖޭގެ މިހާރު އޮތީ ދިވެހިން ނޭދޭ އަޅުވެތި ސިޔާސަތުތަކެއް ގެންގުޅޭ ސަރުކާރެއް ކަމުގައެވެ.
ޚަލީލު އެފަދައިން ޓުވީޓެއް ކުރައްވާފައި މި ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުން ސަރުކާރާއި އިދިކޮޅު ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ލިބިގެން ދިޔަ ބޮޑު ކާމިޔާބަށް ފަހު އެންމެ މަތިން ވޯޓު ހޯދި 2 ޕާޓީން ވެސް 2 ވަނަ ބުރުގެ ކެމްޕޭން ފެށުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
Badhalugennanveemai rayyithunnah govanee faisaa aaijobulibineemaigoviyasfennameehakunoolhey
Konkameh alhovethi vee komme faharaku inthihaabaa dhimaakoh mikahakaadu hifaan aas rayyithun nuhelleyne