ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު 2 ވަނަ ބުރަށް ކެމްޕޭން ފައްޓަވައިފިއެވެ.
ޑރ.މުއިއްޒު މިއަދު މެންދުރު މާލޭގެ ކެމްޕޭން ޓީމްތަކާ ބައްދަލުކުރައްވައި ދޮރުންދޮރަށް ވެސް ވނީ ހިންގަވާފައިވެއެވެ.
މިރޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އޮފީހުގައި ޑރ.މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ވެސް އޮންނާނެއެވެ. އެ ޖަލްސާ ފަށަން ހަމަޖެހިފައި ވަނީ 8:30 ގައެވެ.
ޑރ.މުއިއްޒަށް ފުރަތަމަ ބުރުން 100،00 އަށް ވުރެ ގިނަ ވޯޓް ލިބުނު އިރު އެއީ 8 ކެންޑިޑޭޓަކު ވާދަކުރެއްވި އިންތިހާބުގެ 46.06 ޕަސެންޓެވެ.