ރާއްޖޭގައި ޔުނީފޯމު އެޅި އިންޑިއާ ސިފައިން ގާއިމްވެ ތިބި މައްސަލައާއި ގުޅިގެން ހާމަކުރެވެން ހުރި ކަންކަން ހާމަކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީން ގެނަސްދޭ ފަށާއިރު ޕްރޮގުރާމަށް ރައީސް ޞާލިހު މިއަދު ވަނީ ފޯނު މެދުވެރިކޮށް އިންޓަވިއުއެއް ދެއްވައިފަ އެވެ. އެ އިންޓަވިއުގައި ރައީސް ވިދާޅުވީ ގޯސްތަކެއް ހެދި ނުބައިކޮށް ހިސާބު ޖެހިފައި އެބަހުރި ކަމަށެވެ.
އެގޮތުން އެމަނިކުފާނަށް ތާއީދު ކުރާ ގިނަ ބަޔަކު ވޯޓުލާން ނިކުމެފައި ނުވާކަމަށާއި އެއީ އިދާރީ ކަންކަން ދޯދިޔާކޮށް ދޫކޮށްލުމުން ވީ ކަމެއްކަމަށް ރައީސް ވިދާޅުވި އެވެ. އެއާއެކު ދެން ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލޭގޮތަށް ސަރުކާރުން ކަންތައްތަކެއް ކޮށްފައި ހުރިކަމަށް ބުނެ އިދިކޮޅުން ގިނަ ވާހަކަތަކެއް ފެތުރި ކަމަށެވެ. އަދި އެކަންކަން ގަބޫލުކުރެވޭ މިންވަަރަށް އިދިކޮޅުން އެވާހަކަ ދެއްކި ކަމަށާއި ސަރުކާރުން އެކަމަށް ރައްދު ނުދީ ތިބުމަކީ ހެދުނު ގޯހެއް ކަމަށް ރައީސް ވިދާޅުވި އެވެ.
”ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ގެއްލުވާލުމަށް އަޅުގަނޑުމެން މަސައްކަތްކޮށްފައި ހުރި ވާހަކައަކާ، ބޭރުގެ ސިފައިން މިތާ ތިބޭ ވާހަކަ އަކާ، އެކަހަލަ ބައެއް ދޮގު ވާހަކަތައް ކިޔާދީގެން ރައްޔިތުންގެ ބޮލަށް އެ ގަބޫލުކުރެވޭވަރަށް އެވާހަކަ ދެކެވިފައި އެބަހުރި“ ރައީސް ޞާލިހް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިންތިހާބުގެ ދެވަަނަ ބުރުގެ ވޯޓުލުމުގެ ކުރިން އެކަންކަން ސާފުކޮށްދެވެން ހުރި މިންވަރަކުން ސާފުކޮށްދެއްވާނެ ކަމަށެވެ.
އިންޑިއާ ސިފައިންނާއި ގުޅޭ ތަފްސީލު ހާމަކުރަން ހައި ކޯޓަށްވެސް މައްސަލައެއް ހުށަހެޅި އެވެ. އެމައްސަލައިގެ އަޑު އެހުމުގައި ސަރުކާރުން ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމަށް އެއްބަސްވެފަ އެވެ. އެހެންނަމަވެސް ސިފައިންގެ އަދަދާއި އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފިނަމަ ރާއްޖެއާއިމެދު އިންޑިއާގައި އޮތް އިތުބާރު ގެއްލިދާނެކަމަށް ސަރުކާރުން ބުނެ އެވެ. މީގެ އިތުރުން ބައެއް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް އިންޑިއާއިން ދެކޮޅު ހަދައިފާނެކަމުގެ ބިރު އޮތްކަމަށްވެސް ސަރުކާރުގެ ބައެއް ވަޒީރުން ވަނީ ވިދާޅުވެފަ އެވެ.
ހާމަނުކުރެވޭވަރެއްވެސް އޮވޭތަ އެހެންވެގެންނުވާ ެ