މަސް ހިފަން މޫދަށް ގޮސް އުޅުނު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
މިކަން ހާމަކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލެ ފޭސް 2 ގެ އިރު އުތުރު ފަރާތުން މަސް ހިފަން ފޭބި މީހަކު ގެއްލިގެން މިއަދު ހެނދުނު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ގެއްލުނު މީހާ ހޯދަމުގެ މަސައްކަތް ކުރަމުނަ ދަނިކޮށް ހުޅުމާލެ އިރު އުތުރު ފަރާތު ފަޅުތެރެއިން އޭނާ ފެނިފައިވާ ކަމަށާއި ހުޅުމާލެ ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި ހާދިސާގައި ނިޔާވެފައި ވަނީ ސްރީލަންކާއަށް ނިސްބަތްވާ 55 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަަލަމުންނެެވެ.