ރިޔާސީ އިންތިހާބުގައި ވޯޓުލާން ނުނިކުތް ގިނަ މީހުންނަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަޕޯޓަރުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ފަހު ފައްޔާޒް ވިދާޅުވީ ވޯޓުނުލާ ތިބި ގިނަ މީހުންނަކީ އެމްޑީޕީ ސަޕޯޓަރުން ކަމަށާއި އެ ވޯޓުތަކާއެކު 2 ވަނަ ބުރު ކާމިޔާބު ކުރެވިދާނެ ކަމަށެވެ.
”ވޯޓުނުލާ ވަރަށް ގިނަ ބޭފުޅުންނަކީ އަޅުގަނޑުމެންގެ ވޯޓާސް އެނގޭތޯ. އެކިއެކި ސަބަބުތަކަށްޓަކާ ހެދި ވޯޓުނުލެވިފައި ތިބީ،“ ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް ވިދާޅުވީ ވޯޓުލާން ގިނަ ބަޔަކު ނުކުތުމުގައި ބައިވަރު ސަބަބު ހުރި ކަމަށާއި އޭގެ ތެރޭގައި ”މޮޅުވާނެ ކަމަށް ބަލައިގެން“ މަސައްކަތް ނުކުރުން ހިމެނޭ ކަމަށެވެ.
މިކަމުން ދޭހަވީ ވެރިކަން ކުރައްވަނީ ވަލިއްޔުލް އަމްރު ކަމުގެ ހުވަޔާ ހިލާފަށް، ކޮރޮޕްޓު އިންތިހާއަށް ބޮޑުވެ، ރައްޔިތުން އެދޭ ވެރިކަމެއް ކުރަމުން ނުދާތީ ހިތްހަމަ ނުޖެހޭ ކަން. ގިނަރައްޔިތުން ނިންމި ގޮތަށް ދެވަނަ ބުރުގައި އެމީހުން ވޯޓު ލާނެކަން.