މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.
އިންތިޚާބުގެ 2 ވަނަ ބުރުގައި މަސައްކަތްތައް ރާވާލާނެ ގޮތަކާއި އަދި ފުރަތަމަ ބުރުގައި ހެދުނު މިސްޓޭކްސްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި އެ ބައްދަލުވުމުގައި ޤައުމީ މަޖިލީހުގެ ގިނަ މެންބަރުން ވަނީ ބައިވެރި ވެފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން މީގެކުރިން ފާސްކޮށްފައިވާ ގަރާރެއްގެ ދަށުން ކޯލިޝަން ހެދުމުގެ ބާރު އޮތީ ރިޔާސީ ކެންޑިޑޭޓަށް ދީފައެވެ.
އިންތިޚާބުގެ 2 ވަނަ ބުރަކަށް ދާއިރު ރައީސް ޞާލިހު ވިދާޅުވީ ފުރަތަމަ ބުރުގައި ވަރަށް ގިނަ މިސްޓޭކްތައް ހެދިފައިވާ ކަމަށާއި ފުރަތަމަ ބުރު ދިޔައީ އުންމީދު ކުރި ގޮތަކަށް ނޫން ކަމަށެވެ.