ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި ކުރަންޖެހޭ މަސައްކަތަށް ތައްޔަރުވެ ކެމްޕޭން ޓީމުތަކުގެ އިސް ބޭފުޅުންނާއި ބައްދަލުކޮށް މިއަދު މާލޭގައި ޑޯޓުޑޯ ހަރަކާތްތައް ފެށުމަށް ޕްރޮގްރެސިވް ކޯލިޝަނުން ނިންމައިފިއެވެ.
އިންތިޚާބުގެ 2 ވަނަ ބުރަށް ތައްޔާރުވުމަށް ޑރ.މުއިއްޒު ވަނީ މިއަދު މާލޭގެ ކެމްޕޭން ޓީމުތަކުގެ އިސްބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ޑރ.މުއިއްޒު ވަނީ ފުރަތަމަ ބުރުގައި ކުރި މަސައްކަތް 6 ގުނައަށް އިތުރުކޮށް އިންތިޚާބު ބޮޑު އައުލަބިއްޔަތަކުން ކާމިޔާބު ކުރުމުގެ މަސައްކަތް ފެށުމަށް ދަންނަވާފައެވެ.
މީގެ އިތުރުން މިއަދު ޑޯޓުޑޯ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މުއިއްޒުގެ ކެމްޕޭން ޓީމުން ދަނީ އިންތިޚާބުގެ 2 ވަނަ ބުރުގައި ޕާޓީތަކައި ކޯލިޝަން ހެދުމަށް މަޝްވަރާ ވެސް ކުރަމުންނެވެ.