ދެވަނަ ބުރަށް ކޯލިޝަން ހަދަން ޕާޓީތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެމްޑީޕީއާއެކު ކުރިއަށްދާނެ ކަމަށް ބައެއް ޕާޓީތަކުން ފެހި ސިގުނަލް ދީފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް %50 އަށްވުރެ ގިނައިން ވޯޓު ލިބިވަޑައިނުގަތުމުން މި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވާނީ މި މަހުގެ 30 ގައެވެ.
ދެވަނަ ބުރުގައި ވާދަކުރައްވާނީ ރައީސް ޞާލިޙާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒެވެ.
ރާއްޖެ ޓީވީގެ ”ފަށާއިރު“ ޕްރޮގްރާމަށް މިއަދު ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ހެދުނު ގޯސްތައް ދެނެގަނެ އެކަންކަން ރަނގަޅުކުރުމުން ދެވަނަ ބުރު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ރައީސް ވިދާޅުވީ ދެވަނަ ބުރަށް ނުދާ ބައެއް ޕާޓީތަކާއެކު އިއްޔެ ވެސް މަޝްވަރާކޮށްފައިވާނެ ކަމަށާއި އެމްޑީޕީއާއެކު ކުރިއަށްދާނެ ކަމުގެ ފެހި ސިގުނަލް ދީފައިވާ ބައެއް ޕާޓީތައް އެބަހުރި ކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ދެއެއް ނުވަތަ ތިން ޕާޓީއަކުން އެމަނިކުފާނާއެކު ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އެމްޑީޕީއާއެކު މިހާރު ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭއެވެ.
Raiyyathun beynunvanee ibu noongotheh dhe mivaguthuves thihuree ibu dhen kaaku MDP aaieku kuriahdhaanee miadhu ibu ah oiygothakee sihru hifahataigen hurun. Konmejareemaa akee gaumee bodu sihreh