ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި އަނިޔާވެރިކަމާއި ދެކޮޅަށް ވޯޓު ދިނުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ގޮވާލައިފިއެވެ.
ރޮޒެއިނާ ވިދާޅުވީ އިންތިޚާބު 2 ވަނަ ބުރަކަށް ދިއުމަށް ރައްޔިތުން ނިންމި ނިންމުމަކީ ގައުމު އިސްކޮށް ނިންމި ނިންމުމެއް ކަމަށެވެ.
2 ވަނަ ބުރުގައި އުންމީދުކުރަނީ ކުލައަށް ބެލުމެއް ނެތި ވޯޓުދޭނެ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ ރައްޔިތުން ވިސްނުން އިސްކުރަންޖެހޭ ކަމަށާއި އަނިޔާވެރިކަމާއި ހަމަނުޖެހުމާއި ދެކޮޅަށް ވޯޓު ދޭން ޖެހޭ ކަމަށެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ވޯޓު ދިން މީހުންނަށް ރޮޒެއިނާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ކޮބާ އަނިޔާވެރިކަމަކީ