މި އަހަރުގެ ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި ވާދަކުރައްވާ 2 ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރަކީ ހަމަ ކުރީގެ ނަންބަރު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ 2 ވަނަ ބުރުގައި ވާދަކުރާ 2 ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރަކީ ކުރީގެ ނަންބަރު ކަމަށެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން އެންމެ ގިނަ ވޯޓާއެކު ކުރި ހޯއްދާފައި ވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނަކީ ލިބުނީ ވޯޓުލީ މީހުންގެ %46.06 ވޯޓެވެ.
ޑރ. މުޢިއްޒުގެ ކެންޑިޑޭޓް ނަންބަރު 4 އެކެވެ.
2 ވަނަ ހޯއްދަވާފައި ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ. އެމަނިކުފާނަށް ލިބިވަޑައިގަތީ ޖުމްލަ %39.05 ވޯޓެވެ.
ރައީސް ޞާލިޙުގެ ކެންޑިޑޭޓް ނަންބަރަކީ 3 އެކެވެ.
2 ވަނަ ބުރުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ މީހުންނަށް ރީ ރަޖިސްޓްރޭޝަނަށް 2 ދުވަހުގެ މުއްދަތެއް ދޭން ވަނީ ނިންމާފައެވެ.
އެ ފުރުސަތު ދޭން ނިންމާފައި ވަނީ މި މަހުގެ 16 އަދި 17 ވަނަ ދުވަހުއެވެ.
ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.