މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.
ރިޔާސީ އިންތިޚާބުގައި ޖުމްލަ 08 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. އޭގެތެރެއިން އެއްވެސް ކެންޑިޑޭޓަކަށް %50 އަށްވުރެ މަތިން ވޯޓު ހޯއްދެވިފައިނުވާތީ މި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެއެވެ. މި މަހުގެ 30 ވަނަ ދުވަހު އޮންނަ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންނެވެ.
މި އިންތިޚާބުގައި 282395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު ވޯޓުލާފައިވަނީ 225446 މީހުންނެވެ. ސައްހަ ވޯޓުގެ އަދަދަކީ 220613 އެވެ. ބާތިލު ވޯޓުގެ އަދަދަކީ 4833 އެވެ.
ވަގުތީ ނަތީޖާ:
ކެންޑިޑޭޓް ނަންބަރު 01: ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު (އަމިއްލަ ގޮތުން) : 6341 (%2.87)
ކެންޑިޑޭޓް ނަންބަރު 02: ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒަމީލް (އަމިއްލަ ގޮތުން) : 327 (%0.15)
ކެންޑިޑޭޓް ނަންބަރު 03: ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް (އެމްޑީޕީ) : 86151 (%39.05)
ކެންޑިޑޭޓް ނަންބަރު 04: މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު (ޕީއެންސީ): 101613 (%46.06)
ކެންޑިޑޭޓް ނަންބަރު 05: މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް (ޖޭޕީ) :5460 (%2.47)
ކެންޑިޑޭޓް ނަންބަރު 06: އެމްއާރްއެމްގެ ރައީސް އަޙްމަދު ފާރިޝް މައުމޫން (އަމިއްލަ ގޮތުން) 2979 (%1.39)
ކެންޑިޑޭޓް ނަންބަރު 07: ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް (ދަ ޑިމޮކްރެޓްސް) : 15835 (%7.18)
ކެންޑިޑޭޓް ނަންބަރު 08: ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް (އެމްއެންޕީ) :1907 (%0.86)
އީސީން ބުނީ ރަސްމީ ނަތީޖާ ކުރިން އާންމުކުރުމަށް ހަމަޖެހިފައިވާ ތާރީޚަށްވުރެ ކުރީން ނަތީޖާ ޝީޓްތައް ވެރިފައި ކުރެވުނުހާ އަވަހަކަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރާނެ ކަމަށެވެ.