ބޮކްސްއޮފީހުގެ ކާމިޔާބު ފިލްމު ވެލްކަމްގެ 3 ވަނަ ބައި ”ވެލްކަމް ޓު ދަ ޖަންގަލް“ ރަސްމީކޮށް އިއުލާން ކޮށްފިއެވެ.
ބޮޑު ކާސްޓަކާއި އެކު މި ފިލްމު އިއުލާން ކޮށްފައިވާއިރު މި ފިލްމުން އަކްޝޭ ކުމާރުގެ އިތުރުން ރަވީނާ ޓަންޑަން، ސުނިލް ޝެޓީ، ޑިޝ ޕަޓާނީ، އަރުޝަދު ވަރްސީ، ޖެކްލިން ފެނަންޑޭޒް، ސަންޖޭ ދަތު، ޕަރޭޝް ރާވަލް، ތުޝާރު ކަޕޫރް، ޖޯނީ ލީވާ، ރާޖްޕަލް ޔާދާވް، ޝްރެޔަސް ތަލްޕަޅޭ، ކްރުޝްކާ އަބީޝެކް، ކިކީ ޝްރަދާ، ލާރާ ދައްތާ، ޝާރިބު ހާޝިމީ، މުކޭޝް ތިވާރީ އަދި ޒާކިރު ހުސައިން ނަގާފައިވެ އެވެ.
ފީރޯޒް ނަދިއަދުވާލާ ޕްރޮޑިއުސްކުރާ ފިލްމުގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ މަޝްހޫރު ކޮރިއޮގްރާފަރު އަހުމަދު ޚާނެވެ.
”ވެލްކަމް“ގެ ފުރަތަމަ ބައި 2007 ގައި ނެރިފައިވާއިރު ދެވަނަ ބައި ”ވެލްކަމް ބެކް“ ރިލީޒްކުރީ 2015 ގަ އެވެ. ކުރިއަށް އޮތް ”ވެލްކަމް ޓު ޖަންގަލް“ އަންނަ އަހަރު ރިލީޒް ކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.