ސެމްސަންގް ގެލެކްސީ އެސް23 އެފްއީ ވަރަށް އަވަހަށް ނެރޭނެ ކަމަށް ބެލެވޭއިރު ފަހުގެ ލީކްތަކުން އެނގެނީ މިއީ ވަރަށް ތަފާތު ސަޅި ފޯނަކަށް ވާނެކަމެވެ.
މި ފޯނުގެ ސަބަބުން ގެލެކްސީ އެސް23 ސީރީޒްގެ ފޭން އެޑިޝަން މޮޑެލެއްގެ ގޮތުގައި ގެލެކްސީ އެސް21 އެފްއީ ކާމިޔާބުވާނެ ކަމަށް ބެލެވެ އެވެ.
އެފްއީ މޮޑެލް އަކީ އެންމެ ފަހުގެ ގެލެކްސީ އެސް ސީރީޒްގެ ލައިންއަޕްގެ އެންމެ މޮޅު ފީޗާތައް ހިމެނޭ މޮޑެލްއެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އާ ރިޕޯޓެއްގައި ބުނެފައި ވަނީ ޓެނާ ގެ ވެބްސައިޓުން މި ފޯނު ފެނުނު އިރު، ފޯނު ނެރޭނެ ކަމުގެ އިޝާރާތެއް ދީ، ބައެއް މުހިންމު ސްޕެސިފިކޭޝަންތަކާއި ޑިޒައިނަށް ލަފާ ދީފައިވާ ކަމަށެވެ.
މައިފިކްސްގައިޑްގެ ރިޕޯޓެއްގައި ވަނީ ޓެނާ ސެޓިފިކޭޝަން ސައިޓުން ގެލެކްސީ އެސް23 އެފްއީ ފެނިފަ އެވެ. ސައިޓުން ފެނުނު ފޮޓޯތަކުން ފެންނަ ގޮތުގައި މި ފޯނުގައި ކަޅު ކުލައިގެ ވޭރިއަންޓެއްގައި ކުރިން ހުރި ކަހަލަ ޑިޒައިން ލެންގުއޭޖެއް ހުރެ އެވެ. މި ފޯނުގެ ތިން ކެމެރާ ޔުނިޓް ބެކް ޕެނަލްގެ މަތީ ވާތް ފަރާތުގައި ވަކިވަކިން ތިން ސާކިއުލާ ޔުނިޓަކަށް ވާޓިކަލްކޮށް ތަރުތީބުކޮށްފައިވާ ތަން ފެނެ އެވެ. ފްރޮންޓް ކެމެރާ ސްލޮޓް ބަހައްޓާފައި ހުންނަނީ ޑިސްޕްލޭގެ އެންމެ މަތީގައި ސެންޓާ އެލައިންޑް ހޯލް ޕަންޗް ޔުނިޓެއްގެ ގޮތުގަ އެވެ.
މި ލިސްޓުން ދައްކާ ގޮތުގައި ގެލެކްސީ އެސް23 އެފްއީގައި 6.3 އިންޗީގެ ޑިސްޕްލޭއެއް ހުންނާނެ ކަމަށް ބެލެވޭ އިރު، 1080×2340 ޕިކްސެލްގެ ރިޒޮލިއުޝަނަކާއި 120 ހާޓްޒްގެ ރިފްރެޝް ރޭޓެއް ހުންނާނެ އެވެ. މި ފޯނުގައި ސްނެޕްޑްރެގަން 8 ޖެން 1 ޗިޕްސެޓެއް ނުވަތަ އެގްޒިނޯސް 2200 އެސްއޯސީ އެއް 8 ޖީބީގެ ރޭމް އެއް ހިމެނޭނެ ކަމަށް ބެލެވެ އެވެ. މިއީ 128 ޖީބީ ނުވަތަ 256 ޖީބީގެ ސްޓޯރޭޖް ވޭރިއަންޓްތަކުގައި ލޯންޗް ކުރެވޭނެ ބާވަތެކެވެ. އަދި އެންޑްރޮއިޑް 13 ބޭސްޑް ވަން ޔޫއައި 5.1 އާ އެކު ޝިޕް ކުރާނެ ކަމަށް ބެލެވެ އެވެ.
ގެލެކްސީ އެސް23 އެފްއީގެ ޓްރިޕަލް ރިއާ ކެމެރާ ޔުނިޓުގައި 50 މެގަޕިކްސެލްގެ ޕްރައިމަރީ ސެންސަރަކާއި 12 މެގަޕިކްސެލްގެ ސެންސަރަކާއި 8 މެގަޕިކްސެލްގެ ސެންސަރެއް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ފްރޮންޓް ކެމެރާގައި 10 މެގަޕިކްސެލްގެ ސެންސަރެއް ހުރެދާނެ އެވެ. މި ފޯނުގައި 25 ވޮޓް ވަޔަރޑް ފާސްޓް ޗާޖިން ސަޕޯޓާއެކު 4،370 އެމްއޭއެޗްގެ ބެޓެރީއެއް ޕެކްކުރާނެ ކަމަށް ބެލެވެ އެވެ. މި ފޯނުގައި ގާތްގަނޑަކަށް 158.0mm x 76.5mm x 8.2mm ހުންނާނެއެވެ. އަދި ބަރު މިނުގައި 210 ގްރާމް ހުންނާނެކަމަށް ވެސް ބެލެވެއެވެ.
ގެލެކްސީ ޓެބް އެސް9 އެފްއީ އާއި އެހެނިހެން އެފްއީ އުފެއްދުންތަކާ އެކު ގެލެކްސީ އެސް23 އެފްއީ 2023 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ތައާރަފުވާނެ ކަމަށް މީގެ ކުރިން ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ. އަދި އިންޑިއާގައި 60،000 ރުޕީސް އަށް ވުރެ ދަށުގެ އަގެއްގައި ލިބޭނެ ކަމަށް ބެލެވެ އެވެ. މި ފޯނުގެ 128 ޖީބީ އަދި 256 ޖީބީ ސްޓޯރޭޖް ވޭރިއަންޓްގެ ލިސްޓު ކުރެވިފައި ވަނީ 54،999ރުޕީސް އަދި 59،999ރުޕީސް ގައެވެ.