ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނުފޫޒާއި އެންޓި ކެމްޕޭނާއި ފައިސާއާއި ބޭރުގެ ނުފޫޒުފަދަ އެތައް ދާއިރާއަކުން މުޢިއްޒަށް ގޮންޖެހުންތައް ކުރިމަތިވިވެވަޑައިގެންނެވި ކަމަށެވެ.
ނަމަވެސް އެ ގޮންޖެހުންތައް އެހެން ހުރިއިރު އެއްވެސް ކެންޑިޑޭޓަކަށް ބުރަ ބަހެއް ވިދާޅުނުވެ ރީތި އަޚުލާގު ހިފަހެއްޓަވައި ރައްޔިތުންގެ އިތުބާރު ހޯއްދެވި ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
“ދެވަނަ ބުރު ވެސް ކާމިޔާބުވާނެ.“ ޑރ.ޝަހީމް ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި 08 ކެންޑިޑޭޓުން ވާދަކުރެއްވިއިރު އެންމެ ގިނަ ވޯޓު ހޯއްދެވި މުޢިއްޒެވެ. އޭނާއަށް ލިބިވަޑައިގަތީ 101,100 (%46.06) ވޯޓެވެ.
Thikandhenevodigenvanee allh