ޖުމްހޫރީ ޕާޓީގައި 22,000 އަށްވުރެ ގިނަ މެންބަރުން އެ އަދާދާ ގާތްކުރާ މިންވަރަށް ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމަށް ވޯޓު ލިބިވަޑައިގެންފައިނުވާކަން ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ދައްކައިފިއެވެ.
އިއްޔެ ބޭއްވި އިންތިޚާބުގައި ޖޭޕީގެ ކެންޑިޑޭޓް ޤާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 5535 (%2.52) ވޯޓެވެ.
ނަމަވެސް ޖޭޕީގައި 22,000 މެންބަރުން ތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކައެވެ. އެހެންކަމުން ޤާސިމަށް މިވަނީ ޕާޓީގެ 17000 އެއްހައި މެންބަރުންގެ ވޯޓު ގެއްލިފައެވެ.
އެމްއެންޕީގައި 9000 އަށްވުރެ ގިނަ މެންބަރުން ތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާއިރު, އެމްއެންޕީގެ ކެންޑިޑޭޓް މުޙައްމަދު ނާޒިމަށް ލިބިވަޑައިގަތީ އެންމެ 1892 (%0.86) ވޯޓެވެ.
އެހެންކަމުން އެ ޕާޓީތަކަށް މެންބަރުން ވައްދާފައިވަނީ ސައްހަ ކަމާއެކުތޯ އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.
މެމްބަރުންގެ ވޯޓު އެއްކިބާ ކޮށްފަ ޢާއިލާއަށް ބަލަމާ ގާސިމްގެ ހަކުދިންގެ މަންމަ ގާސިމަށް ކެމްޕޭނު ކުރުމުގަ އެންމެ އިސްކޮށް އުޅުނު ގާސިމަކީ ޖަވާ ހިރެއް ކަމަށް ބުނި ގާސިމްގެ އަނބި ނަހުލާވެސް ވޯޓުނުލާކަމަށް ވަނީ. އޭނާ ވެސް ގަބޫލުކުރަނީތާ ގާސިމް ވެރި ކަމަށް ކުފޫ ހަމަނުވާ ކަމަށް
ޕާޓީ މީހުންނަށް ވެސް އެނގޭ ސޭޓަކީ ވެރިކަމަށް ކުފޫ ހަމަވާ މީހެއް ނޫންކަން، ކޮވިޑް ތެރޭ ސޭޓު ހަނދާނެއް ނެތޭ ސޭޓުގެ ސްޓާފުންނަށް ޖެއްސި ހާލެއް، ސޭޓަކަށް ނޭނގޭ މި އަނިޔާ ވެވެނީ ކިތަށް އާއިލާ އަށްކަންވެސް، ސޭޓު އުޅެނީ އަބަދުވެސް އަމިއްލަ ފައިދާ އަށް، ރައްޔިތުންނަށް ހެޔޮ މީހަކު ކަލަ އެއް ނުގޮވާނެ ދޯ، ސޭޓު ބަލައެއް ނުގަންނަމޭ،