ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ނުކުންނާނީ ފުރަތަމަ ބުރުގައި ވޯޓުގައި ބައިވެރިނުވާ މީހުންގެ ވޯޓާއެކު ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިފަހަރުގެ އިންތިޚާބަށް ނުކުމެވަޑައިގަތީ އަދާލަތު ޕާޓީއާއި އެމްޑީއޭއާއެކު އެކުލަވައިލި ކޯލިޝަނުންނެވެ. އިއްޔެ ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 85,809 (%39.09) ވޯޓެވެ.
ޢަލީ ޒާހިރު ވިދާޅުވީ އެއްބުރަކުން ނުނިމުނު ކަމަށާއި ވީމާ އެއީ އަދި ނިމުނީކީ ނޫން ކަމަށެވެ. ދެވަނަ ބުރަށް ދާނީ އިހުނަށްވުރެ ވަރުގަދަކޮށް ކަމަށާއި ދެވަނަ ބުރަކަށް ނުކުންނާނީ ފުރަތަމަ ބުރުގައި ވޯޓުގައި ބައިވެރިނުވާ މީހުންގެ ވޯޓާއެކު ކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެންމެން އެކީ ނުކުމު އުފާވެރި އަމާން ރާއްޖެއެއް ހޯދާނެ ކަމަށެވެ.
މިފަހަރުގެ އިންތިޚާބުގައި 282395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު ވޯޓުގައި ބައިވެރިވީ 75 އިންސައްތަ އެއްހައި މީހުންނެވެ.
Isthiufaa dhee gear dhey
Kaley party Adhaalathah Rajjeygai ehves ithubaareh neiy foni nugova dhenves madun hurey