ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާ ބޮޑު ޖަލްސާ މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިކަން ހާމަކޮށް އެ ކޯލިޝަނުން ބުނީ މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާ ބޮޑު ޖަލްސާ އޮންނާނީ މިރޭ 20:45 ގައި އާރޓްފިޝަލް ބީޗުގައި ކަމަށެވެ.
މި ޖަލްސާގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެ ވަޑައިގަންނަވާނެ ކަމަށާއި މި ޖަލްސާއަކީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިވެހި ރައްޔިތުން ދެއްވި ތާއީދަށް ޝުކުރު އަދާކުރުމަށް ބާއްވާ ޖަލްސާއެއް ކަމަށް އެ ކޯލިޝަނުން ހާމަކުރެއެވެ.
އެއްވެސް ބަޔަކާ ކޯލިޝަން ނުހައްދަވައި ވޯޓުލީ މީހުންގެ 46 ޕަސެންޓު ހޯއްދަވައިގެން އިންތިހާބުގައި ޑރ. މުއިއްޒު ވަނީ ދެވަނަ ދައުރަކަށް އެއްވަނަ ކެންޑިޑޭޓުގެ ގޮތުގައި ހޮވިވަޑައިގެންފައެވެ.
މީގެ އިތުރުން އިންތިޚާބުގައި ޑރ. މުއިއްޒާއި އެންމެ ގާތުން ވާދަކޮށް ދެވަނައަށް ދަތުރުކުރި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކު ކޯލިޝަން ހައްދަވައިގެން ނުކުމެވަޑައިގެން ވޯޓުލީ މީހުންގެ 39 ޕަސެންޓު ހޯއްދަވާފައެވެ.