ރޭގެ ވަގުތެއްގައި ލ.ގަމުގެ ލިންކްރޯޑްގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ނިޔާވީ ލ.ގަމު ތުނޑިއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ޢަބްދުލްޢަޒީޒް ޔޫސުފެވެ.
ސައިކަލު ދުއްވަން އިން ޢަބްދުލްޢަޒީޒް ނިޔާވީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭ މެންދަމުގެ ވަގުތެއްގައެވެ.
މި އެކްސިޑެންޓުގައި ކާރުގައި އިން މީހާއަށް ވެސް އަނިޔާވިއެވެ. އެގޮތުން ގަމު ރީޖަނަލް ހޮސްޕިޓަލުގައި އޭނާއަށް އަންނަނީ ފަރުވާދެމުންނެވެ.