ކުރިން ޓްވިޓާގެ ނަމުން މަޝްހޫރުވެފައިވާ އެކްސްއިން އިޝްތިހާރުތައް ޔޫޒަރުންގެ ޓައިމް ލައިންއިން އަދިވެސް ފެނިދާނެކަމަށް އެ ޕްލެޓްފޯމުން ބުނެފިއެވެ.
އެކްސްއިން ބުނީ އެހެން އެކަން އެ ދިމާވަނީ އެފަދަ އިޝްތިހާރުތަކުގައި ރަނގަޅަށް ލޭބަލް ކޮށްފައި ނުވާތީ ކަމަށެވެ. އަދި އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ޓެކްކްރަންޗް އިން ބުނި ގޮތުގައި އާންމުކޮށް އިޝްތިހާރުތަށް ފެންނައިރު ލޭބަލް ނެތް އިޝްތިހާރުތައް ގިނަ ބަޔެއްގެ ޓައިމްލައިންތަކުން ފެންނަމުން ދާކަން ފާހަގަކޮށްފައިވާތީ، އެ އިޝްތިހާރުތަކަކީ އާދައިގެ ޕޯސްޓުތަކާ ވަކިނުކުރެވޭ ވަރުގެ އިޝްތިހާރުތަކެކެވެ.
އެފްޓީސީން މީގެ ކުރިން އެކްސް ޖޫރިމަނާކޮށްފައި ވަނީ 2011 ވަނަ އަހަރު ޕޭޑް ޓުވީޓުތަކާ ގުޅޭ ގޮތުން ކަސްޓަމަރުންނަށް އޮޅުވާލައިގެންނެވެ. މީގެ އިތުރުން ބްރޭންޑް ސޭފްޓީގެ މައްސަލަތަކާ ގުޅިގެން އިޝްތިހާރުކުރާ ފަރާތްތަކުގެ ނުރުހުން ވެސް އެކްސް އަށް އަމާޒުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އިޝްތިހާރުގެ އާމްދަނީ 60 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ސީއީއޯ އީލޮން މަސްކް ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން އެކި މީޑިއާޖަމިއްޔާތަކުން އެކްސްގެ ބަހެއް ހޯދުމަށް އެދުމުން ވެސް ޖަވާބެއް ދީފައެއް ނުވެއެވެ. ލޭބަލް ނުކުރާ އިޝްތިހާރުތަކަކީ ގަސްދުގައި ކޮށްފައިވާ އިޝްތިހާރުތަކެއް ކަމެއް ނުވަތަ އެކްސިޑެންޓެއްގައި ކޮށްފައިވާ އިޝްތިހާރުތަކެއް ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް އޮންލައިން އިޝްތިހާރުތައް މޮނިޓާ ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޗެކް މައި އެޑްސް ފަދަ އިންޑަސްޓްރީގެ ބައެއް ވޮޗްޑޮގުން އަންނަނީ އެމީހުންގެ ޓްވިޓާ އެކައުންޓުގައި ސްޓެލްތް އިޝްތިހާރުތަކުގެ މިސާލުތައް ރިޕޯޓް ކުރަމުންނެވެ. އެ ގްރޫޕުން އެކްސް ބޭނުންކުރާ ފަރާތްތަކަށް އިލްތިމާސް ކުރަނީ ލޭބަލް ނުކުރާ އެއްވެސް އިޝްތިހާރެއް ދިމާވެއްޖެނަމަ އެކަން ފްލެގްކޮށް އެފްޓީސީއަށް ރިޕޯޓް ކުރުމަށެވެ.
އެގޮތުން އެކްސްގެ ޕްލެޓްފޯމުން ސީދާ އޯޑިއޯ އަދި ވީޑިއޯ ކޯލް ކުރެވޭނެ އާ ފީޗާއެއް އެކްސް އަށް އަންނަނީ ލިބެމުންނެވެ. މިކަން އިއުލާނުކުރީ ގާތްގަނޑަކަށް ހުރިހާ ޕްލެޓްފޯމެއްގައި ވެސް މި ފީޗާ މަސައްކަތް ކުރާނެ ކަމަށާއި އެކްސް މަސައްކަތް ކުރާނީ ގްލޯބަލް އެޑްރެސް ފޮތެއްގެ ގޮތުގައި ކަމަށް އީލޮން މަސްކް ވިދާޅުވި އެވެ. މި ފީޗާ މަސައްކަތް ކުރާނެ ގޮތުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.