މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން ދެވަނަ ބުރެއް ބާއްވަން ޖެހިދާނެކަމަށް ލަފާކުރެވިޖެއެވެ.
މި އިންތިޚާބުގައި 500 އަށްވުރެ ގިނަ ވޯޓު ފޮށި ބެހެއްޓިއިރު މިހާތަނަށް ވަނީ 458 ފޮށްޓެއްގެ ނަތީޖާ ލިބިފައެވެ.
އެގޮތުން 74000 އަށްވުރެ ގިނަ މީހުންގެ ވޯޓާއެކު ކުރީގައި އޮތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒެވެ. އެއީ ވޯޓު ލީ މީހުންގެ %45 އެވެ.
ދެވަނައިގައި އޮތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގެންފައިވަނީ 64000 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ %39 އެވެ.
އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެއްވޭނީ %50 އަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ.
ބާކީ ތިއްބެވި ހަ ކެންޑިޑޭޓުންގެ ތެރެއިން ދެން އެންމެ ކުރީގައި އުޅުއްވަނީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އޭނާއަށް މިހާތަނަށް ލިބިވަޑައިގަތީ 11000 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ %6 އެވެ.
ނޫނޭ އެއްބުރުން މުއިއްޒު ކާމިޔާބު ކޮށްފިި.