މިއީ މިހާތަނަށް އެންމެ މަދުން މީހުން ވޯޓުލީ ރިޔާސީ އިންތިޚާބު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މިކަން ހާމަކޮށް އީސީގެ ސެކްރެޓެރީ ޖެނެރަލް ޒަކަރިއްޔާ ހަސަން ވިދާޅުވީ މި އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތަކީ އެންމެ ގިނަވެގެން %75 ކަމަށެވެ.
އެގޮތުން މިއީ ރިޔާސީ އިންތިޚާބުތަކުގެ ތާރީޚުގައި މިހާ މަދު އަދަދެއްގެ މީހުން ވޯޓުލީ އިންތިޚާބު ކަމަށް ވެސް ޒަކަރިއްޔާ ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން މި އިންތިޚާބުގެ ވޯޓު ގުނުން މިހާރު ކުރިއަށްދާއިރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ އާންމު ހާލަތު ރަނގަޅު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.