ރިޔާސީ އިންތިޚާބާ ގުޅުންހުރި މައްސަލަތަކުގައި މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފިއެވެ.
އިންތިޚާބާ ގުޅުންހުރި މައްސަލަތަކުގައި މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ހަ މީހުން ގެންދިޔައެވެ.
އޭގެތެރެއިން ހަތަރު މީހަކު ދޫކޮށްލީ މެންދުރުފަހުގައެވެ.
ފުލުހުން ދެންމެ ކުރި ޓުވީޓެއްގައި ބުނީ ވޯޓާ ގުޅިގެން އެކި ކަންކަމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަ މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ދެ މީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.