ތީމުގޭ ގޯތިތެރޭގައި ހުންނަ އަނބު ގަސްތަކުން ވަގަށް އަނބު ބިން މީހަކު ރޭ ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ކުރަނީ ވައްކަން ކުރުމާއި ހުއްދަ ނެތް ތަނަކަށް ވަނުމުގެ ތުހުމަތެވެ.
މި މައްސަލާގައި އޭނާ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ 15 ދުވަހަށް އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ސްޕްރީމް ކޯޓުގައި ހުންނަ އަނބު ގަހުން އަނބު ބިންނަނިކޮށް އޭނާ ހުއްޓުވި ނަމަވެސް ކޯޓުގައި އޭނާ ބުނީ ސްޕްރީމް ކޯޓުގެ ގޯތިތެރެއަށް ވަދެފައިނުވާނެ ކަމަށެވެ.
އޭނާ ބުނީ އަނބު ބިނީ ވޯޓުލުން އޮންނާތީ ރަހްމަތްތެރިންނަށް ބެހުމަށް ކަމަށެވެ. އަދި އެއީ މަނާކަމެއް ކަން ނޭނގޭ ކަމަށް ވެސް ބުންޏެވެ.
ދާދިފަހުން ވެސް ތީމުގެއަށް ވަދެ އެ ތަނުގައި ހުރި އަނބު ގަހަކުން އަނބު ބިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.