ކިޔު ނެތް ފޮށިތައް ހަވީރު 4ގައި ބަންދުކޮށް 30 މިނެޓް ފަހުން ވޯޓް ގުނަން ފަށާނެ ކަމަށް ހާމަކޮށްފިއެވެ.
ހެނދުނު 8 ޖެހިއިރު ވޯޓް ލުން ކުރިއަށްދާއިރު ވޯޓް ފޮށިތައް 4 ޖަހާއިރު ބަންދުކުރާނީ ކިޔު ނެތް ފޮށިތައް ކަމަށް އިލެކްޝަން ކޮމިޝަންއިން ހާމަކޮށްފިއެވެ.
އެގޮތުން ކިޔު އޮތް ފޮށިތައް ވެސް ވޯޓު ލުން ނިމުމާއިއެކު ބަންދުކޮށް 30 މިނެޓް ފަހުން ވޯޓް ގުނައި ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށާނެ ކަމަށް އެކޮމިޝަންއިން ވަނީ ހާމަކޮށްފައެވެ.
ވޯޓު ލުމުގެ ވަގުތު ހަމަވާން ކައިރިވެފައިވާއިރު ވޯޓުލުމުގެ ހައްޤުލިބެގެންވާ މީހުންގެ ތެރެއިން ވޯޓުލާން ނުކުތް މީހުންގެ 65 އިންސައްތަ ވެސް ހަމަނުވާ ކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. މި އިންތިހާބުގައި ޖުމުލަ 246،232 މީހުނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.