ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން ޖަލުތަކުގައި ކުރިއަށްދަނީ ވަރަށް އަމާންކަމާއެކު ކަމަށް ކަރެކްޝަނުން ބުނެފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޯޓުލުމުގެ ކަންކަން ޖަލުތަކުގައި ކުރިއަށްދަނީ ވަރަށް އަމާންކަމާއެކު ކަމަށާއި މިހާތަނަށް ގިނަ އަދަދެއްގެ ގައިދީންނާއި ބަންދު މީހުން ވޯޓް ލާފައިވާ ކަމަށެވެ.
މިފަހަރުގެ އިންތިޚާބުގައި ޖަލުތަކުގައި ވަނީ ވޯޓުލުމަށް ފަސް ފޮށްޓެއް ބަހައްޓާފައެވެ.
ޖަލުތަކުގައި ވޯޓުލުން ކުރިއަށް ގެންދިއުމުގެ ގޮތުން އޮޕަރޭޝަން އަންލޮކް ފަށާފައިވާއިރު ހުރިހާ ޖަލުތަކެއް ވަނީ އެލަރޓް ހާލަތަށް ގެނެސްފައެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު 08:00 ގައެވެ. ވޯޓުލުން ބަންދުވާނީ 16:00 ގައެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 13:00 އާ ހަމައަށް %47 މީހުން ވަނީ ވޯޓުލައިފައެވެ.