މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި މެންދުރު 13:00 އާއި ހަމައަށް 135،000 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަން ކޮމިޝަންއިން ހާމަކޮށްފައިވާ ގޮތުގައި މި އިންތިހާބުގައި ޖުމްލަ 246،232 މީހުނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވާއިރު މިހާތަނަަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން 47.95 އިންސައްތަ މީހުން ކަމަށެވެ.
މިއަދު މެންދުރު 13:00އާއި ހަމައަށް 135،422 މީހުން ވޯޓުލާފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 69،261 ފިރެހެނުންނާއި، 66،161 އަންހެނުންނެވެ.
ހެނދުނު 8:00 އިން ހަވީރު 4:00އާއި ހަމައަށް ވޯޓު ލުން ކުރިއަށްދާއިރު ލަސްނުކޮށް ވޯޓުލުމުގެ ފަރުދީ ޒިންމާ އަދާ ކުރުމަށް ވެސް އިލެކްޝަން ކޮމިޝަންއިން ވަނީ އެދިފައެވެ.
Tiya dhen ibu yageen vee ibu buni 130000 vote ibu ah yageen kamah