ރިޔާސީ އިންތިޚާބާ ގުޅުންހުރި މައްސަލަތަކުގައި މިހާތަނަށް ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ އިންތިޚާބާ ގުޅުންހުރި މައްސަލަތަކުގައި މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަ މީހުންގެ ތެރެއިން ހަތަރު މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ދެން ތިބި ދެމީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ނަމަވެސް އެ މީހުންގެ ތަފްސީލެއް ނުދެއެވެ.
އިންތިޚާބާ ގުޅުންހުރި މައްސަލަތަކުގައި މިހާތަނަށް ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު މުޅި ރާއްޖޭގައި ޖުމްލަ ގޮތެއްގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ ސުލްހަވެރި ކަމާއެކުއެވެ.
އެކަމަކު ބައެއް ރަށްރަށުގައި ކޮންމެ ވެސް ވަރަކަށް ހަމަނުޖެހުން ހިންގާފައިވެއެވެ.