ބ. ތުޅާދޫގައި ވޯޓްލާން ދިޔަ މީހަކު ގަލަމަކުން ފޮޓޯ ނެގި މައްސަލައެއް ފެންމަތިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަން އިން ހާމަކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވެފައިވާ ގޮތުގައި ވޯޓު ކަރުދާސް ފޮޓޯ ނެގިޔަސް އެ ވޯޓު ކަރުދާސް ކުށްވެރި ނުވާނެ ކަމަށާއި އެ ވޯޓް ފޮއްޓަށް ލެވޭނެ ކަމަށެވެ.
ނަމަވެސް އޭނާ އެ ކުރި އަމަލަކީ ކުށެއް ކަމަށާއި އެ މައްސަލަ ފުލުހުން މެދުވެރިކޮށް ބަލަމުން އަންނަ ކަމަށް ހަބީބު ވަނީ ވިދާޅު ވެފައެވެ.
އެގޮތުން އެ މައްސަލައާއި ގުޅިގެން ތުޅާދޫގައި ވޯޓުލުން މެދުކެނޑުން ނަމަވެސް، މިހާރު ވޯޓުލުން އަލުން ފަށާފައިވާ ކަމަށާއި ގަވައިދާއި ޙިލާފަށް ވޯޓުގެ ފޮޓޯއާއި ވީޑިއޯ ނެގުމުގެ މައްސަލަތައް ކުރިމަތިވެއްޖެ ނަމަ އެ މައްސަލަތައް ވެސް ބަލާ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.
ގަލަމަކުން ފޮޓޯ ނެގީއޭ……ރިޕޯޓަރޫ…..?ގަޅި.