މާލޭ ނޯތު ހާބަރު ފަޅުތެރޭގައި އޮއްވާ ފެނުނު މީހަކު ނަގައިގެން ގެންގޮސް އައިޖީއެމްއެޗުގައި އޭނާއަށް ފަރުވާ ދީފިއެވެ.
ފުލުހުން ބުނީ މާލޭ ނޯތު ހާބަރު ފަޅުތެރޭގައި މީހަކު އޮތް ކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:13 ހާއިރު ލިބިގެން ފުލުހުން އެތަނަށް އެޓެންޑްވެފައިވާ ކަމަށެވެ.
އެ މީހާ މޫދުން ނަގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.