ރިޔާސީ އިންތިޚާބުގެ ވޯޓަށް ނުފޫޒު ފޯރުވުމަށް އެމްޑީޕީން ފައިސާ ބަހާކަމަށް ކުރާ ތުހުމަތުތައް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދޮގުކުރައްވައިފިއެވެ.
ޅ.ހިންނަވަރު މީހުން ވޯޓުލުމަށް މާލޭގެ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ފޮށްޓަށް ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބަކީ މިއިން ދުވަހަކު ނުބާއްވާވަރުގެ ސުލްހަވެރި އިންތިޚާބެއް ކަމަށެވެ. އަދި ހުރިހާ އެންމެން ވެސް ނުކުމެ ސުލްހަވެރިކަމާއެކު ފަރުދީ ހައްގު އަދާކުރުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
އެމްޑީޕީން ވޯޓަށް ނުފޫޒު ފޯރުވުމަށް ފައިސާ ބަހާކަމަށް ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވަނީ އެ ތުހުމަތުތައް ވެސް ދޮގުކުރައްވައިފައެވެ.
ރައީސް ވިދާޅުވީ އެފަދަ ކަމެއް އެމްޑީޕީން ނުކުރާނެ ކަމަށެވެ.
Saalihu ehedhee v bodudhogeha mihaaruvesa ebabahas nufoozu foaruvaakahnoo boat lumah sharuthukohdhinmeehaai hifimeehunves bunedheefaananq w