ކެމެރާ ޒޫމްކޮށްގެން ވޯޓު ކަރުދާސް ފޮޓޯ ނެގުމުގެ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު ބައެއް މީހުން ވޯޓުލާ ބޫތު ތެރޭގައި ވޯޓު ކަރުދާހުގައި ފާހަގަ ޖަހާ މަންޒަރު ފެންނަ ވީޑިއޯ ވަނީ އާންމުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މޮނިޓާރ ފާސް އޮތް ފަރާތްތަކުން ކެމެރާ ޒޫމްކޮށްގެން ވޯޓު ކަރުދާސް ފޮޓޯ ނެގުމަކީ ގާނޫނީ ކުށެއް ކަމަށާއި އެކަން އެގޮތަށް ކުރާނަމަ ފާސް އަތުލުމަށްފަހު އެ މީހަކު ވޯޓުލާ މަރުކަޒުން ބޭރުކުރާނެ ކަމަށެވެ.
ވޯޓުލާ ބޫތު ހުންނާނީ ފާހަގަ ޖަހާ މީހާ ފުރަގަހުން އީސީގެ މޮނިޓަރުންނަށް ވެސް ފެންނަ ގޮތަށެވެ. އޭގެ ބޭނުމަކީ ވޯޓުގެ ސިއްރުކަން ގެއްލުވާލުމަށްޓަކައި ފޮޓޯ ނެގުމާއި ޑަބަލް ވޯޓު އެޅިޔަނުދިނުމެވެ.
ECE in vote in wakkan kuran furusathudeyn.