މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި އިނގިރޭސިވިލާތާއި އަބޫދާބީ ފިޔަވާ އެހެން ޤައުމުތަކުގައި ރާއްޖެ ގަޑިން ހެނދުނު 8:00 ޖެހިއިރު ވޯޓުލުން ފެށިއްޖެ އެވެ.
މިކަން ހާމަކޮށް އީސީން ދެންމެ ބުނީ އިނގިރޭސިވިލާތާއި އަބޫދާބީ ފިޔަވާ އެހެން ޤައުމުތަކުގައި ރާއްޖެ ގަޑިން ހެނދުނު 8:00 ޖެހިއިރު ވޯޓުލުން ފެށިގެން ކުރިއަށްދާ ކަމަށެވެ.
އެގޮތުން އިނގިރޭސިވިލާތުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މެންދުރު 12:00 ޖަހާއިރު އެވެ. އެއީ އިނގިރޭސިވިލާތު ގަޑިން ހެނދުނު 9:00 އެވެ.
މީގެ އިތުރުން ޔުނައިޓެޑް އަރެބް އެމިރޭޓްސްގެ އަބޫދާބީގައި ވޯޓުލުން ފެށުމަށް ހަމަޖެހިފައި ވަނީ އަބޫދާބީގެ ގަޑިން ހެނދުނު 7:00 ގައެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުގައި ބަހައްޓާފައިވާ އަށް ވޯޓު ފޮށި ހިމެނެ އެވެ.
ރިޔާސީ އިންތިޚާބު 2023 ގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 ކަމަށް އީސީން ބުނެފައި ވެއެވެ.