ބޮލީވުޑްގެ ކާމިޔާބު ފިލްމު ”އާޝިޤީ 3″ގެ ޝޫޓިން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހާމަކޮށްފިއެވެ.
ބޮލީވުޑްގެ ބަތަލް ކާތިކް އާރްޔާން ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ އަނޫރާގު ޑައިރެކްޓް ކުރާ ފިލްމެކެވެ. މި ފިލްމު ޕްރޮޑިއުސް ކުރާނީ އމަހޭޝް ބަޓްއާއި މުކޭޝް ބަޓްގެ ވިޝޭސް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް އިންނެވެ.
ފިލްމުގެ ބަތަލާގެ ރޯލު ފެނިގެން ދާނެ ކަމަށް އެކި ތަރިންގެ ނަން ވަނީ އަޑު އަރާފައެވެ. މި ފަހުން މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ފިލްމުގެ އަންހެން ލީޑް ރޯލުކަން ވަނީ ދެކުނުގެ ފިލްމީ ތަރި އަކަންކްޝާ ޝަރުމާ އަށް ދީފައި ކަމަށެވެ.
އާޝިޤީ ފިލްމުގެ ފުރަތަމަ ބައި ނެރިފައިވަނީ 1991 ވަނަ އަހަރުގައެވެ. މި ފިލްމުގެ ލީޑް ރޯލުން ރާހުލް ރޯއީ އާއި އަނޫ އަގަރްވާ ފެނިގެން ގޮސްފައިވާއިރު 2013 ވަނަ އަހަރުގައި ނެރުން އާޝިގީ 2 ވަނަ ބައިން ޝްރައްދާ ކަޕޫރާއި އަދިތްޔާ ރޯއީ ކަޕޫރު ވަނީ ފެނިގެން ގޮސްފައެވެ.