އާއްމުންއަށް ކަމުދަނީ ވަކި ކަހަލަ ރޯލުތަކެއް ކަމަށް ބަތަލާ ކަރީނާ ހާމަކޮށްފިއެވެ.
މި ފަހުން އޭނާގެ ކުރިއަށް އޮތް ފިލްމު ”ޖާނޭ ޖާ“ގެ ޕްރޮމޯޝަންގައި ވާހަކަ ދައްކަމުން ކަރީނާ ހާމަކޮށްފައިވާ ގޮތުގައި އާއްމުންގެ ގިނަ ބަޔަކު އޭނާއަށް ތަރުހީބު ދެނީ ކަބީކުޝީ ކަބީ ގަމް ފިލްމުގެ ”ޕޫ“ގެ ރޯލާއި ޖަބްވީ މެޓް ފިލްމުގެ ”ގީޓް“ގެ ރޯލު އެކަނި ކަމަށެވެ.
އޭނާ އަބަދުވެސް ތަފާތު ރޯލުތައް ކުޅެން ބޭނުންވާ ކަމަށާއި ނަމަވެސް ކޮންމެ ފަހަރަކުވެސް އާއްމުން ސުވާލުކޮށް އަހަނީ އެ ދެ ފިލްމުގެ ރޯލުގެ ވާހަކަ ކަމަށެވެ.
މި ކަމުގެ ސަބަބުން އޭނާ ރުޅިވެސް އަންނަ ކަމަށާއި އެކި ކަހަލަ ރޯލުތަކުން ވެސް ހުނަރު ދައްކުވާދެވޭނެ ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
ކަރީނާ ގެ ކުރިއަށް އޮތް ފިލްމު ”ޖާނޭ ޖާ“ ނެޓްފިލިކްސް އިން ސެޕްޓެމްބަރު 21ވާ ކަރީނާގެ އުފަންދުވަހު ޕްރީމިއާ ކުރާނެއެވެ.